Thu, 28 May, 2020, 11:39 am
ކޮއްޓެއްގެ ތެރޭގައި ކުޑަ ސްލޯ ލޮރިސް އެއް ---
ވޫހާންގައި ވަލު ޖަނަވާރު ކެއުން މަނާކޮށްފި
2

ބެއިޖިންގް – ކޮރޯނާ ވައިރަސްގެ އަސަރު އެންމެ ބޮޑަށް ފެތުރިފައިވާ ވޫހާން ސިޓީގައި ވަލު ޖަނަވާރު ކެއުން މަނާކޮށްފި އެވެ.

އާބާދީގައި ގާތްގަނޑަކަށް 11 މިލިއަން މީހުން ދިރިއުޅޭ ވުހާންގެ ރަސްމީ އިދާރާތަކުން މިއަދު ވަނީ ވަލު ޖަނަވާރު ކެއުން ރަސްމީކޮށް މަނާކޮށް، ކެއުމަށް އެފަދަ ޖަނަވާރު ގެންގުޅެ އާލާކުރާ ޗައިނާގެ ދަނޑުވެރިންނަށް އެކަން ހުއްޓާލުމަށް ފައިސާ ވެސް ހުށަހަޅަން ނިންމައިފައެވެ.

އޭގެ އިތުރުން ސައިންޓިފިކް ބޭނުންތަކަށް ނުވަތަ ވަލު ޖަނަވާރުގެ އާބާދީ ކޮންޓްރޯލް ކުރުމަށް ނުވަތަ ބަލިމަޑުކަމެއްފަދަ ހާއްސަ ހާލަތްތައް ފިޔަވައި ވަލު ޖަނަވާރު ހިފުން ވެސް އެ ސިޓީން ވަނީ މަނާކޮށްފައެވެ. އަދި އެ ސިޓީ ދެން ވާނީ ވަލުޖަނަވާރުތަކަށް ރައްކާތެރި ސިޓީއަކަށް ކަމަށް ވެސް ބުނެފައިވެއެވެ.

ވުހާން ސިޓީން މިގޮތަށް ނިންމާފައި މިވަނީ ކޮވިޑް ފެތުރުމުގެ އަސްލަކީ ޗައިނާގެ ވަލުޖަނަވާރުގެ ވިޔަފާރި ކަމަށް ބުނެ އެކަން ހުއްޓާލުމަށް އެތައް ޕްރެޝަރެއް ކުރިމަތިކުރުވަމުން ދަނިކޮށެވެ.

މިދިޔަ ޑިސެމްބަރު މަހު ކޮވިޑް 19ގެ ފުރަތަމަ ކޭސް ފެނުނީ ހުބޭ ޕްރޮވިންސުންނެވެ. އަދި މަދު ދުވަސްކޮޅެއްގެ ތެރޭގައި މުޅި ދުނިޔެއަށް އެބަލި ފެތުރި މިހާތަނަށް 318،789 މީހަކު ވަނީ އެބަލީގައި މަރުވެފައެވެ.

ދުނިޔެއިން އަލަށް ފެނުނު ކޮރޯނާވައިރަސް ފެތުރެން ފެށީ ކިހިނެތްކަން މިހާތަނަށް ވެސް ހޯދިފައިނުވާއިރު އެ ވައިރަހަށް ވެކްސިނެއް ވެސް އަދި އުފެއްދިފައެއް ނުވެއެވެ.

Leave a comment

Your email address will not be published.