Thu, 28 May, 2020, 1:27 pm
ގެތަކެއްގެ މައްޗަށް ޕާކިސްތާންގެ ގައުމީ އެއާލައިންގެ މަތިންދާބޯޓެއް ވެއްޓިއްޖެ
5

ޕާކިސްތާނުގެ ގައުމީ އެއާލައިން، ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ)ގެ މަތިންދާބޯޓެއް ކަރާޗީއަށް ވެއްޓިއްޖެއެވެ.

އޭވިއޭޝަންގެ އޮފިޝަލުންނާ ހަވާލާދީ ބީބީސީގައި ބުނެފައިވަނި، ލާހޫރުން ފުރައިގެން ކަރާޗީގެ މައި އެއާޕޯޓް، ޖިނާހް އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރި އެ ފްލައިޓުގައި 99 ފަސިންޖަރުންނާއި އަށް ކުރޫއިން ދަތުރުކުރި ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެ މަތިންދާބޯޓު ވެއްޓިފައިވަނީ ކަރާޗީގެ މީހުން ދިރިއުޅޭ ސަރަހައްދަކަށެވެ. އަދި އެމަޖެންސީ ހިދުމަތްތަކުން މިހާރު ސީންގައި ހަރަކާތްތެރިވަމުން އަންނަ ގިނަ ގެތަކެއް ވެސް ހަލާކުވެފައިވާ ކަމަށްވެއެވެ.

“މަތިންދާބޯޓު ވެއްޓުނީ ކަރާޗީއަށް. އޭގެން ދަތުރުކުރި މީހުންގެ އަދަދު ކަށަވަރުކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ. މިހާރު ހުރި މައުލޫމާތުން އެނގޭ ގޮތުގައި އެ ފްލައިޓުގައި 99 ފަސިންޖަރުންނާއި އަށް ކުރޫ މެންބަރުން ދަތުރުކުރި،” ޕާކިސްތާން އޭވިއޭޝަން އޮތޯރިޓީގެ ތަރުޖަމާން އަބްދުލް ސައްތާރު ހޮކާރު ވިދާޅުވެފައިވެއެވެ.

އެއާޕޯޓްގެ މަސްދަރަކާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން، ފްލައިޓުގެ އެއް އިންޖީނު ފެއިލްވެފައިވާކަން ކޮންޓްރޯލް ޓަވަރަށް ޕައިލެޓް އެންގިއެވެ. އަދި ފްލައިޓް ޖައްސަން އެއާޕޯޓްގެ ދެ ރަންވޭ ވެސް ކްލިއާ ކަމަށް ޓަވަރުން ޕައިލެޓަށް އެންގި ކަމަށާއި ނަމަވެސް އެއަށްފަހު ކުރޫއިންނާއި އެއާ ޓްރެފިކް ކޮންޓްރޯލާ މުވާސަލާތީ ގުޅުން ކެނޑުނު ކަމަށް އެނޫހުގައި ބުނެފައިވެއެވެ.

ޕާކިސްތާނުގައި މަތިންދާބޯޓެއް ވެއްޓިފައި މިވަނީ ކޮރޯނާވައިރަސްއާ ގުޅިގެން ލޮކްޑައުން ކުރުމަށްފަހު އެގައުމުގެ އެތެރޭގެ އުދުހުންތައް އަލުން ފެށުމުގެ ހުއްދަ ދިންތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ.

Leave a comment

Your email address will not be published.