Thu, 28 May, 2020, 5:57 pm
ޕަޕުއާ ނިއު ގިނީގެ ކުރީގެ ބޮޑުވަޒީރު ޕީޓާ އޯނެއިލް ---
ކޮރަޕްޝަންގެ ތުހުމަތުގައި ޕަޕުއާ ނިއު ގިނީގެ ކުރީގެ ބޮޑުވަޒީރު ހައްޔަރުކޮށްފި
2

ކޮރަޕްޝަންގެ ތުހުމަތުގައި ޕަޕުއާ ނިއު ގިނީގެ ކުރީގެ ބޮޑުވަޒީރު ޕީޓާ އޯނެއިލް ހައްޔަރުކޮށްފިއެވެ.

އޯނެއިލް ހައްޔަރުކުރީ އެނބުރި ގައުމަށް ވަޑައިގަތުމުން ޕަޕުއާ ނިއު ގިނީގެ ވެރިރަށް ޕޯޓް މޮރެސްބީގައި އޮންނަ ޖެކްސޮންސް އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

ޕަޕުއާ ނިއު ގިނީގެ ފުލުހުން ބުނީ، އޯނެއިލް ހައްޔަރުކުރީ އޭނާ ވެރިކަމުގައި ހުންނެވިއިރު، އެއްވެސް ޕްރޮކިއުމަންޓް ޕްރޮސެސްއެއް، ޓެންޑާ ޕްރޮސެސްއެއް އަދި މަޖިލީހުގެ ހުއްދައެއް ވެސް ނެތި އިޒްރޭލުން ދެ ޖަނަރޭޓަރު ގަތުމާ ގުޅޭގޮތުން ކުރިއަށްގެންދާ ތަހުގީގަށް ކަމަށެވެ.

ރޯޔަލް ޕަޕުއާ ނިއު ގިނީގެ ކޮންސްޓަބިއުލަރީ އެސިސްޓަންޓް ކޮމިޝަނަރު ހާޖަސް އެޓީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެ މައްސަލާގައި އޯނެއިލް ވައްކަމާއި މަގާމުގެ ނުފޫޒާއި ކޮރަޕްޝަން ބޭނުން ކުރައްވާފައިވާކަމުގެ އެކަށީގެންވާ ހެކި އެބަހުރި ކަމަށެވެ.

ނަމަވެސް އޯނެއިލް މީގެ ކުރިން ވަނީ އޭނާގެ މައްޗަށް ކުރި އެފަދަ އެހެން ދައުވާތަކަކަށް އިންކާރު ކުރައްވައި، އެއީ ސިޔާސީ ދައުވާތަކެއް ކަމަށް ވިދާޅުވެފައެވެ.

Leave a comment

Your email address will not be published.