Thu, 28 May, 2020, 4:37 pm
ޖަރުމަނުގެ ކްރިސްޓިއަން ފައްޅިއެއް މުސްލިމުން ޖަމާއަތުގައި ނަމާދުކުރަން ހުޅުވާލައިފި
8

ޖަރުމަނުގެ ބާލިންގައި ހުންނަ މިސްކިތްތަކުގައި ކޮވިޑް 19 އާ ގުޅިގެން އިޖްތިމާއީ ގައިދުރުކުރުން ބަހައްޓައިގެން ޖަމާއަތުގައި ނަމާދު ނުކުރެވޭތީ މުސްލިމުންނަށް ޖަމާއަތުގައި ނަމާދުކުރުމަށް ކްރިސްޓިއަން ފައްޅިއެއް ހުޅުވާލައިފިއެވެ.

މިމަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ޖަރުމަނުން ވަނީ މިސްކިތްތަކާއި ފައްޅިތަކުގައި ނަމާދު ކުރުމުގެ ހުއްދަ ދީފައެވެ. ނަމަވެސް އަޅުކަމުގައި ތިބޭ މީހުންގެ ދެމެދު ފަސް ފޫޓު ހުންނަންޖެހޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

އެކަމާ ގުޅިގެން ބާލިންގައި ހުންނަ ދާރުއްސަލާމް މިސްކިތުގައި އެއްފަހަރާ ނަމާދު ކުރެވެނީ މަދު ބަޔަކަށެވެ. ނަމަވެސް ބާލިންގެ ކްރުޒްބާގުގައި ހުންނަ މާތާ ލުތެރަން ޗާޗުން ވަނީ މުސްލިމުންނަށް ހުކުރު ނަމާދު ކުރުމަށް އެތަން ހުޅުވާލައިފައެވެ.

“މިއީ ވަރަށް ރަނގަޅު ފާލެއް އަދި މިފަދަ ކާރިސާއަކާ ގުޅިގެން ރަމަޟާން މަހުގައި ލިބުނު އުފަލެއް. ކޮވިޑްގެ ވަބާއާ ގުޅިގެން އަހަރެމެން އެއް ބަޔަކަށް ހަދައިފި. ކާރިސާތަކުން މީހުން އެކަތިގަނޑަކަށް ހަދައިދޭ،” ދާރުއްސަލާމް މިސްކިތުގެ އިމާމް ރޮއިޓާސްއަށް ބުންޏެވެ.

ފައްޅީގައި ކުރި މިދިޔަ ހުކުރު ނަމާދުގައި އެ ފައްޅީގެ ފާދިރީ ވެސް ބައިވެރިވިއެވެ.

Leave a comment

Your email address will not be published.