ސެޕްޓެމްބަރ 21, 2024

އެޓާނީ ޖެނެރަލް އުޝާމްގެ ބޭބެ ވިޝާމަށް އާބަންކޯގެ ބޯޑް ޑިރެކްޓަރުކަން

އެޓާނީ ޖެނެރަލް އަހުމަދު އުޝާމްގެ ބޭބެ މުހައްމަދު ވިޝާމް، އާބަންކޯގެ ބޯޑް މެންބަރުކަން ދީފި އެވެ.

އާބަންކޯގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން ވިޝާމް އެ މަގާމަށް ހަމަޖެއްސީ ހުސްވި ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އަދި އޭނާއަކީ ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި ބިޒްނަސް ކޮމިއުނިކޭޝަނުން އެޑްވާންސް ޑިޕްލޮމާ ހައްދަވައިގެން ހުންނެވި ބޭފުޅެއް ކަމަށް ބުނެފައިވެ އެވެ.

ވިޝާމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުގެ އެއް ޕާޓްނަރު މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް މުހައްމަދު ނާޒިމްގެ އާއިލީ ކުންފުނި، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)ގެ އެއް ޑިރެކްޓަރެވެ.

އެމްއެންޕީގެ ވިލިމާލެ ދާއިރާގެ ރައީސްކަންވެސް ކުރައްވާ ވިޝާމަކީ ވިނޯވާ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރެވެ. ވިލިމާލޭގައި ވިނޯވާގެ ނަމުގައި ބޮޑު ހޮޓަލެއް ހިންގަމުންދާ އެ ކުންފުންޏަކީ މާލެ ސިޓީ ކައުންސިލުން އުސޫލާ ހިލާފަށް ވިލިމާލޭން 25 އަހަރު ދުވަހުގެ މުއްދަތަކަށް ބިމެއް ދޫކޮށްފައިވާ ކަމަށް ތުހުމަތު ކޮށްފައިވާ ކުންފުންޏެކެވެ.

Leave a Reply