ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް ދިވެހި މުވައްޒަފުން ވަޒީފާއިން ވަކިކުރުމަކީ އެމްޕީއެލްގެވެސް ސިޔާސަތެއް ނޫން ކަމަށް އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
’ހަފްތާ‘ އަށް ދެއްވި އެކްސްކުލޫސިވް އިންޓަވިއުއެއްގައި ވަޖީހު ވިދާޅުވީ އެމްޕީއެލްއަކީ ރަނގަޅު އާމްދަނީއެއް ލިބޭ ކުންފުންޏެއް ނަމަވެސް ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އާދަޔާ ހިލާފަށް ގިނަ ބަޔަކަށް ކުންފުނިން ވަޒީފާ ދީފައި ހުރުމުން މުސާރަށް ކުރަންޖެހޭ ހަރަދު ބޮޑުވެ، ކުންފުނި ހިންގުމަށާއި ކުންފުނީގެ ތަރައްގީއަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ދަތިވެފައިވާ ކަމަށެވެ.
ހާއްސަކޮށް މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި އާދަޔާ ހިލާފަށް ގިނައިން އެމްޕީއެލް އިން ވަޒީފާ ދީފައި އެބަހުރި ކަމަށާއި އޭގެ ތެރޭގައި ބިދޭސީންވެސް ހިމެނޭ ކަމަށް ވަޖީހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބިދޭސީން ވައްދާފައިވަނީ ދިވެހި މުވައްޒަފުން ފަރުވާ ކުޑަވެ، މަސައްކަތް ނުކުރާ ކަމަށް ބުނެ ކަމަށާއި ނަމަވެސް ބިދޭސީ މުވައްޒަފުން މަދު ކުރައްވާނެ ކަމަށެވެ.
”އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ ކެމްޕެއިންގައިވެސް ވިދާޅުވަމުން ގެންދެވީ ތިމަން މަނިކުފާނު ދިވެހި ރައްޔިތުންގެ ވަޒީފާތަކަށް ހުރަސް އަޅާނެ ކަމެއް ނުކުރައްވާނެ ކަމަށް. އަދި މުވައްޒަފުން ކެނޑުމުގެ އުސޫލެއްވެސް ނުގެންގުޅުއްވާނެ ކަމަށް. އަޅުގަނޑުމެންގެ ސިޔާސަތުގައި ހުރި ކަމެއް ނޫން މުވައްޒަފުން ވަޒީފާއިން ވަކިކޮށް އުނިކުރުމަކީ. ނަމަވެސް މަސައްކަތަށް ފަރުވާ ކުޑަވެ، މަސައްކަތް ނުކުރެވޭނަމަ އެހެން ގޮތްތަކެއް ހޯދަންޖެހޭނެ،“ ވަޖީހު ވިދާޅުވި އެވެ.

ގުޅުންހުރި
ހިފެހެއްޓި ދެ ކޮންޓެއިނަރު ސިނގިރޭޓު ”ގެއްލުން“: އެކަން އެނގޭ ބަޔަކު ނެތް،
މާލޭގައި އެމްޕީއެލްގެ ދެ މުވައްޒަފެއްގެ ދެމެދު މާރާމާރީއެއް، އެކެއްގެ ބޯ ފަޅާލައިފި
ކުޅުދުއްފުށީގައި ޔަމަހާ ސާވިސް ސެންޓަރެއް ހަދަން އެމްޕީއެލް އާއި އެލިއާ އެއްބަސްވުމަކަށް
ކުޅުދުއްފުށި ޕޯޓުން އިތުރު މުހިންމު ހިދުމަތްތައް ދޭން ފަށައިފި, ވިޔަފާރިތަކަށް ލުއިވާނެ!
އެމްޕީއެލްގެ ބަނދަރުން މަސްވެރިންނަށް ފެނާއި ކަރަންޓުގެ ހިދުމަތް ލިބެން ހުންނާނެ: ރިޝްވާން
އެމްޕީއެލްގެ ހުޅުމާލޭ ވެއާހައުސްތަކަކަށް ދައްކަންޖެހޭ ކުލިތަކަށް ބަދަލުތަކެއް