ރާއްޖެއަށް އިންޑިއާގެ އެއާލައިންތަކުން ކުރާ ދަތުރުތައް ހުއްޓާލައި ރާއްޖެ ބޮއިކޮޓް ކުރުމަށް އެ ގައުމުގެ ވިޔަފާރިވެރިންގެ ޖަމިއްޔާ، އިންޑިއަން ޗެމްބާސް އޮފް ކޮމާސް (އައިސީސީ) އިން ގޮވާލައިފި އެވެ.
އެ ޖަމިއްޔާގެ އޭވިއޭޝަން އެންޑް ޓޫރިޒަމް ކޮމިޓީގެ ޗެއާމަން ޑރ. ސުބާޝް ގޮޔާލް ސޮއިކުރައްވައި މިއަދު ނެރުއްވި ބަޔާނެއްގައި ވަނީ ރާއްޖޭގެ ސަރުކާރަށް ނިސްބަތްވާ މިނިސްޓަރުންތަކެއް އިންޑިއާ އާ ދެކޮޅަށް ފާޅުކޮށްފައިވާ ހިޔާލުތަކާ ގުޅިގެން ރާއްޖެ ޕްރޮމޯޓް ކުރުން ހުއްޓާލުމަށް ގޮވާލައިފަ އެވެ.
ރާއްޖެ ޕްރޮމޯޓް ކުރުން ހުއްޓާލަން އެ ޖަމިއްޔާ އިން އެދުނު ފަރާތްތަކަކީ އިންޑިއަން އެސޯސިއޭޝަން އޮފް ޓުއާ އޮޕަރޭޓާސް، ޓްރެވަލް އޭޖެންޓްސް އެސޯސިއޭޝަން އޮފް އިންޑިއާ، ޓްރެވަލް އޭޖެންޓްސް ފެޑެރޭޝަން އޮފް އިންޑިއާ، އެޑްވެންޗާ ޓުއާ އޮޕަރޭޓާސް އެސޯސިއޭޝަން އޮފް އިންޑިއާގެ އިތުރުން އެސޯސިއޭޝަން އޮފް ޑޮމެސްޓިކް ޓުއާ އޮޕަރޭޓާސް އަދި މައިސް އޭޖެންޓްސް އެވެ.
އައިސީސީން ބުނީ، ރާއްޖެ ޕްރޮމޯޓް ކުރަން ހުއްޓާލަން އެދެނީ އިންޑިއާއަކީ ރާއްޖެއަށް ބޭރުގެ ފައިސާ އެންމެ ގިނައިން ވައްދައިދީ ވަޒިފާތައް އުފެއްދުމުގައި އެންމެ ކުރީގައި އޮތް އެއް ގައުމަށްވާއިރުވެސް ރާއްޖޭގެ މިނިސްޓަރުންތަކެއް އިންޑިއާއާ މެދު އެގޮތަށް އަމަލު ކުރުމުން ކަމަށެވެ.
އަދި އެ އެޖެންސީތަކަށް ލިބިފައިވާ ބުކިންތައް ލަކްޝަދީޕް، އަންދަމަން އެންޑް ނިކޮބާ އައިލެންޑްސް އަށް ޑައިވާޓްކޮށް، އިންޑިއާ ކަނޑުގެ ސަރަހައްދުގައި ހިމެނޭ ސްރީ ލަންކާ، މޮރިޝަސް، ބާލީ އަދި ފުކެޓް ފަދަ މަންޒިލްތައް ޕްރޮމޯޓް ކުރުމަށް އެދިފައިވެ އެވެ.
”ރާއްޖެއަށް އޮޕަރޭޓް ކުރަމުންދާ އިންޑިއާގެ ހުރިހާ އެއާލައިންތަކުން ރާއްޖެއަށް ކުރަމުންދާ ދަތުރުތައް ސަސްޕެންޑް ކުރުމަށް ގޮވާލަން. އަދި, އިންޑިއާގެ ހޮޓާ ރެސްޓޯރަންޓުތަކުން ވެސް ލަކްޝަދީޕްގައި އިންވެސްޓް ކުރުމަށް ގޮވާލަން,“ އެ ބަޔާނުގައި ބުނެފައިވެ އެވެ.
އިންޑިއާގެ ޔޫނިއަން ޓެރިޓަރީގައި ހިމެނޭ ލަކްޝަދީޕް ޕްރޮމޯޓު ކުރުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާންމުކުރެއްވި ވީޑިއޯއަކާ އެކު ރާއްޖެއާ ދެކޮޅަށް އިންޑިއާގެ ރައްޔިތުން ބޮޑު ކެމްޕެއިނަށް ފެށި އެވެ.
ނަމަވެސް އެކަން އިތުރަށް ގޯސްވެ އިންޑިއާ އިން ރާއްޖެއަށް ދަތިކުރަން މި ފެށީ އެކްސްގައި ވެރިފައިކޮށްފައި ހުރި ސަރުކާރުގެ އިސް އޮފިޝަލުންގެ އެކައުންޓުތައް މެދުވެރިކޮށް ބައެއް ބޭފުޅުން މޯދީއަށް މަލާމާތްކޮށް ހުތުރު ބަހުން މުހާތަބު ކުރުމުންނެވެ.
އޭގެ ތެރޭގައި އެކްޓިވިސްޓުންގެ ގޮތުގައި ކުރިން އުޅުނު، ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފް އަދި އަބްދުﷲ މަހްޒޫމް މާޖިދު ހިމެނެއެވެ. އެ މީހުން ވަކިނުކޮށް، ސަސްޕެންޑް ކޮށްފައިވާއިރު އެ މީހުން ސަސްޕެންޑް ކުރީ ކިތައް ދުވަހަށް ކަމެއް ނުވަތަ މުސާރަ ލިބޭ ގޮތަށް ކަމެއް ސަރުކާރުން ހާމަކުރާކަށް ބޭނުމެއް ނުވެ އެވެ.
ގުޅުންހުރި
މުސާރަ ދިނުމަށް ފެނަކައަށް ވަނީ ފައީސާ ދޫކޮށްފައި: ޒަމީރު
ހުޅުމާލެ ފަޅުތެރެއިން ފެނުނީ މަޑުއްވަރީ މަސްވެރިއެއްގެ ހަށިގަނޑު!
ރާއްޖެ ބަނގުރޫޓުވެދާނެ ކަމަށް ބޭރުގެ އެއްވެސް ފަރާތަކުން މިހާރު ވާހަކަ ނުދައްކާނެ:
ގެއެއްގެ ތެރެެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ
ސިނގިރޭޓު ހުއްޓާލަން ބޭނުންވާ މީހުނަށް ދޭ ބޭސް ހޮސްޕިޓަލްތަކުން ލިބޭނެ ގޮތް
ކައުންސިލްތަކުގެ ބާރުތައް ހަނިވާ ގޮތަށް ފާސްކުރި އާބަން ޑިވެލޮޕްމަންޓް ބިލު ތަސްދީގުކޮށްފި