ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފަށް އެ ޤައުމުގެ އިންތިޚާބުތަކުގައި ވާދަކުރުމުގެ ފުރުޞަތު ލިބިއްޖެ

Pakistan's former prime minister Nawaz Sharif iarrives at his office in central London on July 6, 2018. Pakistan's former prime minister Nawaz Sharif was sentenced in absentia to 10 years in prison by a corruption court in Islamabad on July 6, 2018, lawyers said, dealing a serious blow to his party's troubled campaign ahead of July 25 elections. / AFP / Tolga AKMEN

އިސްލާމް އާބާދު – ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފަށް އެ ޤައުމުގެ އިންތިޚާބުތަކުގައި ވާދަކުރުމުގެ ފުރުޞަތު ލިބިއްޖެއެވެ.

އެ ފުރުޞަތު ޝަރީފަށް ލިބުނީ ޖިނާއީ ކުށް ސާބިތުވެފައިވާ މީހުންނަށް އިންތިޚާބުތަކުގައި ވާދަކުރުން މުޅި ޢުމުރަށް މަނާކޮށްފައި އޮތް އޮތުން ޕާކިސްތާނުގެ ސުޕްރީމް ކޯޓުން އުވައިލުމުންނެވެ.

އަންނަ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު ޕާކިސްތާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ޖަލުގައި ހުންނަވަން ޖެހިވަޑައިގަތުމުގެ ސަބަބުން އިމްރާން ޚާން ގެއްލިފައިވީނަމަވެސް ސްޕްރީމް ކޯޓްގެ މި ހުކުމާއި އެކު އެ އިންތިޚާބުގައި ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފަށް ވަނީ ބައިވެރިވެވަޑައިގެންނެވޭގޮތް ވެފައެވެ. އަދި އެއިންތިޚާބު ކާމިޔާބު ކުރެއްވުމުގެ ފުރުސަތު އެންމެބޮޑީވެސް ނަވާޒް ޝަރީފަށް ކަމަށް ސިޔާސީ ތަޖްރިބާކާރުންގެންދަނީ ބުނަމުންނެވެ.

ނަވާޒް ޝަރީފްވަނީ މީގެ ކުރިންވެސް ތިން ފަހަރަށް އެގައުމުގެ ބޮޑުވަޒީރުކަން ކުރައްވާފައެވެ. ނަވާޒް ޝަރީފަށެވެ.ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަމަށް ބެލެވެނީ އެ ގައުމުގެ ސުޕްރީމް ކޯޓުން ސިޔާސީ ބޭފުޅުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައެޅި ހަ އަހަރު ވީ ހުކުމް އެ ގައުމުގެ ސުޕްރީމް ކޯޓުން ބާތިލް ކުރުމާ ގުޅިގެންނެވެ.

ޕާކިސްތާނުގެ ސްޕްރީމް ކޯޓުން ކޮށްފައިވާ ޙުކުމުގައިވާ ގޮތުން ޖިނާއީ ކުށް ސާބިތުވެފައިވާ މީހުންނަށް އިންތިޚާބުތަކުގައި ވާދަނުކުރެވޭ ކަމަށް ނިންމައިފައި އޮތް ނިންމުމަކީ ޤާނޫނާ ޚިލާފު ނިންމުމެކެވެ. އަދި މުޅި ޢުމުރަށް އިންތިޚާބުތަކުގައި ވާދަނުކުރޭވެގޮތަށް ނުބޭއްވޭނެ ކަމަށާއި. އިންތިޙާބުތަކުގައި ވާދަކުރުމާއި ވޯޓު ދިނުމަކީ ގާނޫނު އަސާސީން ލިބިދީފައިވާ ފަރުދީ އަދި އަސާސީ ޙައްޤެއް ކަމަށް ވެސް ޙުކުމުގައިވެއެވެ.