މާލެއަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމާ ގުޅިގެން ސްޓެލްކޯގެ ހެޑް އޮފީސް ހުންނަ ސަރަހައްދުގެ ބައެއް ގެތަކާއި ފިހާރަތަކުގެ އިތުރުން މިސްކިތްތަކަށް ފެން ވަނުން ހުއްޓުވުމަށްޓަކައި ސްޓެލްކޯއިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.
ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އެތަންތަނަށް ފެންވަނުން ހުއްޓުވުމަށްޓަކައި ވެލިބަސްތާ ޖެހުމުގެ މަސައްކަތުގައި އެ ކުންފުނީގެ މުވައްޒަފުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
މީގެއިތުރުން ޕަމްޕުތަކުގެ އެހީއާއެކު އެ ކުންފުނީގެ އިންޖީނުގެތަކުގެ ޑީ ވޯޓަރިން ނިޒާމް ބޭނުންކޮށްގެން އަމީނީ މަގުން ފެން ހިންދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
އާންމު ރައްޔިތުންނަށް އެހީތެރިކަން ބޭނުންވާ މިފަދ ދަނޑިވަޅުތަކުގައި ސްޓެލްކޯއަކީ އަބަދުވެސް އެހީތެރިކަން ފޯރުކޮށްދިނުމުގައި ނަމޫނާ ދައްކަމުންދާ ކުންފުންޏެއްކަން ފާހަގަކޮށްލެވެއެވެ.
ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ވީހާވެސް އަވަހަަކަށް ހައްލު ގެނައުމަކީ އެންމެ އިސްކަންދެއްވާ ކަންތައް ކަމުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވަނީ ވިދާޅުވެފަ އެވެ.




ގުޅުންހުރި
ކައުންސިލް އިންތިޚާބު އޮބްޒާވުކުރަން ބޭނުންވާ ބޭރުގެ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފި
ދައުރު ނިމުމުގެ ކުރިން ގޯއްޗާއި ފުލެޓުތަކަށް ވަދެވޭނެ: މުއްތަލިބު
ބަންޑުން ޖަހާލި ދޯނިން ގެއްލުނު ދިވެހި މީހާ މަރުވެފައި އޮއްވައި ފެނިއްޖެ
ގޯއްޗާއި ފުލެޓަށް ކުރިމަތިލާން ހުޅުވާލައިފި
ވާދޫ ކައިރިއަށް ދޯންޏެއް ބަންޑުން ޖަހާލައި، ދެ މީހަކު ގެއްލިއްޖެ
ރިސޯޓެއްގެ ޑަސްބިނުން ފެނުނު ކުއްޖާގެ ޖަނާޒާ ބާއްވައިފި