މާލެސިޓީއަށް މޭޔަރަކު އިންތިހާބު ކުރުމަށް މިއަދު ކުރިޔަށްދާ ބައި-އިލެކްޝަންގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވޯޓުލައްވައިފިއެވެ.
މާލެ ސިޓީގެ މޭޔަރު ހޮވުމަށް ބައި އިލެކްޝަނުގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 8:00 ގައެވެ. މި ބައި އިލެކްޝަނުގެ ވޯޓުލުން ކުރިއަށްދާނީ ހަވީރު 17:00 އާ ހަމައަށެވެ.
މި އިންތިހާބުގައި ރައީސް ޔާމީން ވޯޓުލައްވާފައިވާއިރު އެމަނިކުފާނުގެ ތާއީދާއެކު މޭޔަރު ކަމަށް އަމިއްލަ ގޮތުން ވާދަކުރައްވާފައިވަނީ ކުރީފެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދުއެވެ.
މޭޔަރުކަމަށް ވާދަކުރައްވާ 5 ކެންޑިޑޭޓުންގެ ތެރެއިން އާދަމް އާޒިމްއާއި އައިޝަތު އާޒިމާ ޝަކޫރު ވޯޓުލައްވާފައިވަނީ ހިރިޔާ ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮށްޓަށެވެ. ހުސައިން ވަހީދު ވޯޓު ލައްވާފައިވަނީ ކަލާފާނު ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮށްޓަށެވެ. ޝުއައިބު އަލީ ވޯޓު ލައްވާފައިވަނީ ޖަމާލުއްދީން ސްކޫލުގައި ބަހައްޓާފައިވާ ފޮށްޓަށެވެ. އަދި ސައިފް ފާތިހު ވޯޓުލައްވާފައިވަނީ މަޖީދިއްޔާ ސްކޫލުގައި ބެހެއްޓިފައިވާ ވޯޓު ފޮށްޓަކަށެވެ.
މޭޔަރު އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން:
- • ކެންޑިޑޭޓް ނަންބަރު 1: ޝުއައިބު އަލީ / އަމިއްލަގޮތުން
- • ކެންޑިޑޭޓް ނަންބަރު 2: ހުސައިން ވަހީދު / އަމިއްލަގޮތުން
- • ކެންޑިޑޭޓް ނަންބަރު 3: އައިޝަތު އާޒިމާ ޝަކޫރު / ޕީއެންސީ
- • ކެންޑިޑޭޓް ނަންބަރު 4: އާދަމް އާޒިމް / އެމްޑީޕީ
- • ކެންޑިޑޭޓް ނަންބަރު 5: ސައިފް ފާތިހު / ދަ ޑިމޮކްރެޓްސް
ގުޅުންހުރި