މާލޭގެ މޭޔަރަކު ހޮވުމަށް ބޭއްވި ބައި އިލެކްޝަނުން ޕީއެންސީ ބަލިވީ އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވުމުން ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިރޭ ޕީއެންސީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ އިންތިހާބުގައި އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވުނީ ސަރުކާރުގެ ކަންކަމުގައި މަސައްކަތް ކުރަން ޖެހުމުން ކަމަށެވެ.
އޭނާ ވިދާޅުވީ މި އިންތިހާބުން ލިބުނު ފިލާވަޅުގެ ބޭނުންހިފައިގެން ކުރިއަށް ހުރި އިންތިހާބުތަކުގައި އެ ޕާޓީން މަސައްކަތް ކުރާނެ ކަމަށެވެ.
”މި އިންތިހާބުގެ ނަތީޖާއިން ލިބުނު ފިލާވަޅުގެ ބޭނުން ހިފައިގެން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިއަށް އޮތްތަނުގައި އިންތިހާބުތައް ކާމިޔާބުކުރުމުގެ މަސައްކަތް މިއަށް ވުރެ ވަރުގަދައަށް ކުރާނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެންގެ މެމްބަރުންނަށް އަރުވަން،“ އަބްދުއްރަހީމް ވިދާޅުވިއެވެ.
ޕާޓީގެ އާންމު މެމްބަރުންނާ ގާތުން ފާއިތުވި ދުވަސްތަކުގައި މަސައްކަތް ކުރެވިފައިނުވާތީ އަބްދުއްރަހީމް ވަނީ އެކަމަށް މައާފަށް އެދިވަޑައިގެންފައެވެ.
އިންތިހާބުން އާޒިމާ ބަލިވީ ސަރުކާރުގެ ސިޔާސަތު ގޯސްވެގެން ނުވަރަ ރައީސް ޑރ. މުހައްމަދު މުއިއްޒާ މެދު ނުރުހުމެއް އޮވެގެން ކަމަށް ގަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އިންތިހާބުން ކާމިޔާބުކުރި އެމްޑީޕީގެ ކެންޑިޑޭޓް އާޒިމަށް ގުޅުއްވައި ރައީސް މުއިއްޒު ވަނީ މަރުހަބާ ދަންނަވައިފައެވެ.

ގުޅުންހުރި
ރަސޫލާއަށް ފުރައްސާރަ ކުރި ރުޝްދީއަށް ހަމަލާދީ އެއް ލޯ ކަނުކޮށްލި މީހާއަށް
65 ގައުމެއްގެ ސިޔާސީ ލީޑަރުން ކައިރީ ޝާހިދު: ރައީސް މުއިއްޒު ގެންދަވަނީ
ފަނޑިޔާރުން ވަކި ކުރި ގޮތް އެމްޑީޕީން ބޭރު ދުނިޔެއަށް ކިޔައިދޭތީ ހަލީލު
ދިވެހި ހައްޖުވެރިން މި މަހު 26 ގައި ފުރަން ފަށާނެ
ރާއްޖޭގައި ގިނަ ދަރިން ނުހޯދަނީ ގެދޮރާއި މާލީ ދަތިކަމުގެ ސަބަބުން: ދިރާސާ
މުސާރަ ނުދޭތީ ޑީބީއެމްގެ ކުރީގެ ސީއީއޯ ހުށަހެޅި މައްސަލަ ބާތިލުކޮށްފި