ރާއްޖެއަށް ސިފައިން ފޮނުވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ބަދަލު ކުރަން އިންޑިއާގެ ކުރީގެ މަޖިލިސް މެންބަރު ސުބްރަމާނިއަން ސްވާމީ ގޮވާލުމުން އިދިކޮޅު މައި ޕާޓީ އެމްޑީޕީން އެކަން ކުށްވެރިކޮށްފި އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަންނަ މާޗް މަހުގެ 15 ވަނަ ދުވަހުގެ ކުރިން ފޮނުވާލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެންގެވުމުން ސުބްރަމާނިއަން ސްވާމީ ވަނީ ދިވެހި ސަރުކާރު ބަދަލު ކުރަން ގޮވާލައްވައިފައެވެ.
ސުބްރަމާނިއަން ސްވާމީ އަކީ އިންޑިއާގެ އިދިކޮޅު ޕާޓީއަށް ނިސްބަތްވާ މެމްބަރެކެވެ. އެސްކްގައި އޭނާ ކުރެއްވި ޕޯސްޓެއްގައި ވަނީ, ރާއްޖޭގެ ހުށަހެޅުމަށް އެ ގައުމުގެ ބޮޑުވަޒީރު އިޖާބަ ދެއްވާނީތޯ ނުވަތަ ރާއްޖެއަށް އަސްކަރިއްޔާ އާއި އެއާފޯސް އަދި ނޭވީ ފޮނުވާނީތޯ ސުވާލު އުފައްދަވާފައެވެ.
އެކަމާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނުގައި ވަނީ ސަބްރަމާނިއަން ދެއްކެވި އެ ވާހަކައަކީ ދިވެހި ރައްޔިތުންނާއި އިންޑިޔާގެ ރައްޔިތުންގެ މެދުގައި ނަފްރަތު އުފައްދަން ދެއްކި ޒިންމާދާރުކަން ކުޑަ ވާހަކައެއް ކަމަށެވެ. އަދި އެ ޕާޓީން އެކަން ކުށްވެރިކުރާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
އެމްޑީޕީން ބުނީ ޒަމާނުއްސުރެ ރާއްޖެ އާއި އިންޑިއާއާ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ބިނާވެފައި ވަނީ އިހްތިރާމާއި ރައްޔިތުންގެ މެދުގައި އޮންނަ ގުޅުމުގެ މައްޗަށް ކަމަށެވެ. އަދި އެ ބާވަތުގެ ވާހަކަތަކަށް އިތުރަށް ވިސްނަން ޖެހޭ ކަމަށް ގަބޫލު ނުކުރާ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
އަދި އިންޑިއާގެ ދާހިލީ ސިޔާސީ ކަންކަމުގައި ރާއްޖެ ބޭނުން ނުކުރުމަށް ވެސް އެމްޑީޕީން ވަނީ ސުބްރަމާނިއަން ސްވާމީއަށް ގޮވާލާފަ އެވެ.
ރާއްޖެއާއި އިންޑިއާގެ ގުޅުމުގެ ތެރެއަށް ސުބްރަމާނިއަން ފަދަ ”މަޑު ފެންގަނޑުގައި އުޅޭ މަސްތައް“ ވަދެގެން އުޅެނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ.




ގުޅުންހުރި
ވޭޕް ވިއްކަމުންދިޔަ ބަޔަކު ހޯދައި، ވޭޕް ވިއްކަން ބޭނުންކުރާ ފޭސްބުކް ޕޭޖެއް
ކުރީގެ ރައީސުންގެ އޮފީސް ހަރަދު ކަނޑާލައިފި، ރާއްޖެއިން ބޭރުގައި ދިރިއުޅޭނަމަ ހިމާޔަތެއް
ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ބިލު ތަސްދީގު
ރައީސް މާދަމާ ރޭ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ބަޖެޓުން ފައިސާ ލިބޭ ޕާޓީތަކުގެ ލިސްޓުން އަދާލަތު ޕާޓީ އުނިވެއްޖެ
ހުޅުމާލޭ މަގުތަކުގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުރި ދުވަސްވީ އުޅަނދުތައް ޓޯކުރަން