ކުޅިވަރު މުބާރަތްތައް ބާއްވާ ތަންތަނުގައި ހުރުން ލާޒިމުކުރާ ސިއްހީ ޚިދުމަތް ފޯރުކޮށްދޭ ތަނެއް ސޯޝަލް ސެންޓަރުގައި ހުޅުވައިދެއްވައިފިއެވެ.
މި ފެސިލިޓީ ހުޅުވައިދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒެވެ.
ރައީސުލްޖުމްހޫރިއްޔާ މި ފެސިލިޓީ އިފްތިތާޙްކޮށްދެއްވީ ޤައުމީ އަދި ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ތަންތަނުގައި ހުރުން ލާޒިމުކުރާ ޞިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމުކުރަން ފެށުމުގެ ގޮތުން ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައެވެ. އަދި މިތަން ހުޅުވައިދެއްވުމަށްފަހު ރައީސް ވަނީ އެތަން ބައްލަވައިލައްވައިފައެވެ.
މިއީ ސަރުކާރުގެ ހަފްތާ 14 ގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކުޅިވަރާ ގުޅުންހުރި ހަތް ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ އެއް މަސައްކަތެވެ. މި މަސައްކަތުގެ ދަށުން ސޯޝަލް ސެންޓަރުގައި ވަނީ ކުއްލި ހާލަތެއްގައި ފަރުވާ ލިބޭނެގޮތަށް ހާއްސަ ފެސިލިޓީއެއް ޤާއިމުކޮށްފައެވެ. އަދި ކޯޓު ތެރޭގައި ވަނީ ކުއްލިއަކަށް ދިމާވާ ހިތުގެ މައްސަލަތަކާއި ބޮޑެތި އަނިޔާތަކަށް އަވަސް ގޮތެއްގައި ފަރުވާދޭނެ ނިޒާމެއް ޤާއިމުކޮށްފައެވެ.
މިއީ ރާއްޖޭގެ ކުޅިވަރު ތާރީޚުގައި މިފަދަ ފެސިލިޓީއެއް ޤާއިމުކުރި ފުރަތަމަ ފަހަރެވެ. އަދި މިއީ މި ސަރުކާރުގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރެއިން ހާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދިޔަ ބޮޑެތި މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ.

ގުޅުންހުރި
ކުޅިވަރު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގު ކުރައްވައިފި
ކުޅިވަރު އެސޯސިއޭޝަންތަކުގެ ހިންގުމަށް އެއްވެސް ނުފޫޒެއް ނުފޯރުވަން: ރައީސް
3އޮން3 ފުޓްސެލް މުބާރާތުގެ ފޮޓޯގްރަފީ ޕާޓްނަރަކަށް ހަމްދު، ޓްރޮފީ ޕާޓްނަރަކަށް ލޭޔާ
ގޭމާސް ކްލަބްގެ 3އޮން3 ފުޓްސެލް މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ހަފްތާ
ގޭމާސް ކްލަބްގެ 3އޮން3 ފުޓްސެލް މުބާރާތުގެ މެއިން ސްޕޮންސަރަކަށް ބީސްޓް ސްޕޯޓްސް
ގޭމާސް ކްލަބްގެ 3އޮން3 ފުޓްސެލް މުބާރާތަށް ބޮޑު ތަރުހީބެއް، ސްޕޮންސާ ކުރުމަށް