ނޮވެމްބަރ 23, 2024

ލަންކާ އެމްބަސީގެ ފަސްޓް ސެކްރެޓަރީ އަކަށް ސީޒަން

ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައި ހުންނަ ދިވެހި ހައި އެމްބަސީގެ ފަސްޓް ސެކްރެޓަރީ ކަމުގެ މަގާމަށް ފިލްމީ ތަރި އަލީ ސީޒަން އައްޔަން ކުރައްވައިފިއެވެ.

ސަރުކާރުގެ އޮފިޝަލަކު ވަނީ ”ހަފްތާ“އަށް އެކަން ކަށަވަރުކޮށްދެއްވާފައެވެ.

ދިވެހި ފިލްމު އިންޑަސްޓްރީގެ ގިނަ ދުވަސްވީ ފަންނާނެއް ކަމަށްވާ ސީޒަން ވަނީ މަޖިލިސް އިންތިހާބުގައި ތުލުސްދޫ ދާއިރާއަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރަން ވެސް އުޅެފައެވެ. ނަމަވެސް ފަހުން ވަނީ އެކަން ހުއްޓާލައިފައެވެ.

ފިލްމީ ދާއިރާއާ ދުރަށްޖެހި ސިޔާސީ ދާއިރާއަށް ގުޅެން ނިންމިކަން މިދިޔަ މަހުގެ ފަހުކޮޅު ސީޒަން ވަނީ އިއުލާންކޮށްފައެވެ.

ސީޒަންއަށް މަގާމްދިން ކަން ސަރުކާރުން ރަސްމީކޮށް ހާމަކޮށްފައެއްނުވެއެވެ.

Leave a Reply