ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީގެ ނަމާއި ލޯގޯ އަލުން ބޭނުންކުރަން ފަށައިފިއެވެ.
މިދިޔަ އަހަރުގެ އޭޕްރިލް މަހު އެ ކުންފުނި ”އަރބަންކޯ“ އަށް ރީބްރޭންޑްކުރި ނަމަވެސް، އެނަމުގައި ޤާނޫނީ ޙައިސިއްޔަތު ހޯދަން މަސައްކަތްކޮށްފައެއް ނުވެއެވެ.
އެޗްޑީސީގެ ނަމާއި ލޯގޯ އަލުން ބޭނުންކުރަން ފެށުން ފާހަގަކުރުމަށް، އެކުންފުނިން ވަނީ ޚާއްސަ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ. އަދި ކުންފުނީގެ މައި ނަން ބޯޑު ”އަރބަންކޯ“އިން ”އެޗްޑީސީ“ގެ ނަމަށް ވަނީ ބަދަލުކޮށްފައެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްވަމުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު ވިދާޅުވީ މިގޮތަށް ބަދަލުކުރަން ނިންމީ، އެޗްޑީސީގެ ގޮތުގައި ރައްޔިތުންނަށް ޚިދުމަތް ދިނުމަށްކަމަށެވެ. އެޗްޑީސީގެ ޢަމާޒަކީ ރައްޔިތުންނަށް ދޭ ޚިދުމަތްތައް ފުޅާކޮށް، ފަސޭހައިން ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުންކަމަށްވެސް ފަޒުލް ވިދާޅުވިއެވެ.

ގުޅުންހުރި
އެހެން ފަރާތަކަށް ފްލެޓް ކުއްޔަށް ދީގެން އުޅޭ ފްލެޓް ވެރިންނަށް އެޗްޑީސީން
މިދިޔަ ވެރިކަމުގައި އެޗްޑީސީ ތެރެއިން 200 މިލިއަން ރުފިޔާގެ ހިޔާނާތް ހިންގާފައިވާ
އެސްޓީއޯގެ ސިޓީ ހޮޓާ 20 މިލިއަން ޑޮލަރަށް އަގުކޮށް ހުޅުމާލެ 2
ހުޅުމާލެ ފޭސް 2 ގައި 3،000 މީހުންގެ ޖާގައިގެ 2 މިސްކިތް
ރަސްމާލެ މަޝްރޫއު: އަހަރެއް ތެރޭ ހިއްކާ ނިމުނީ 10 ޕަސެންޓް!
ބިމެއް ވިއްކާނެ ކަމަށް ބުނެ މީހެއްގެ އަތުން ބައި މިލިއަން ނެގި