މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން (މާނު)ގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ފަރާތުން ޕްރޮސިކިއުޓަރު ޖެނަރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވައިފި އެވެ.
އޭސީސީން ބުނީ، މާނުއަށް ދައުވާ ކުރަން ފޮނުވީ ގޭހުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި އޭނާ ހުރި ދުވަސްވަރު އެ ކުންފުންޏަށް ކައްކާ ގޭސް ބޭރުގެ ކުންފުންޏަކުން ހޯދުމުގެ މުއާމަލާތުގެ ތެރޭގައި މާނު ރިޝްވަތުގެ ގޮތުގައި އެ ކުންފުނިން 3.1 މިލިއަން ރުފިޔާ ނަގާފައިވާކަން ތަހުގީގަށް ހޯދިފައިވާތީ ކަމަށެވެ.
އަދި އެ ފައިސާ އޭނާއާ ގުޅުން އޮންނަ ކަމަށް ތުހުމަތު ކުރެވޭ އަދި އޭނާގެ އާއިލީ ބައެއް ފަރާތްތަކާ ގުޅުން އޮންނަ ކަމަށް ތުހުމަތު ކުރެވޭ ބައެއް ކުންފުނިތަކަށް ޖަމާކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
މި މައްސަލާގައި މާނުގެ މައްޗަށް ކޮށްދޭން އެދިފައިވާ ދައުވާތަކަކީ:
- ދައުލަތުން ކުރާ ކަމަކާ ގުޅިގެން ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ
- މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާ
- ކުށެއް ކުރަން އުޅުމުގެ ކުށުގެ ދައުވާ
- ކުށެއް ކުރަން އެދުމުގެ ދައުވާ
- ކުށެއް ކުރުމަށް ރޭވުމުގެ ދައުވާ
- ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ
- ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާ
އޭސީސީން ބުނީ، އެ މައްސަލާގައި ހިމެނޭ ތިން މިލިއަން ރުފިޔާ އަނބުރާ ހޯދުމަށްވެސް ނިންމާފައިވާ ކަމަށެވެ.

ގުޅުންހުރި
ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުކުރި މައްސަލައިގެ އިސްތިއުނާފު ސުޕްރީމް ކޯޓުން ބަލައިނުގަތް
އޭސީސީން އެދިގެން، ޕޮލްކޯ ވެރިން ހާޒިރުކުރި ކޮމިޓީ ބައްދަލުވުން ސިއްރުކޮށްފި
ބިމެއް ވިއްކާނެ ކަމަށް ބުނެ މީހެއްގެ އަތުން ބައި މިލިއަން ނެގި
މައިފޫނާގެ މައްޗަށް ކޮރަޕްޝަންގެ އިތުރު ދައުވާއެއް ކުރަން ޕީޖީއަށް ފޮނުވައިފި
ވަގު ގޯތި މައްސަލަ: ފަޒުލްއާއި ފަޒީލު ހިމެނޭހެން އެންމެންގެ ޕާސްޕޯޓު ދޫކޮށްލައިފި
ރައީސް، ފިޔާޒަށް ގުޅައި އިންޒާރެއް ނުދެއްވާ، ދައުވާއެއް ނުކުރެވޭނެ: ޕީޖީ އޮފީސް