އިންފްލުއެންޒާ ޖެހިގެން އިތުރު މީހަކު މިއަދު މަރުވެއްޖެ އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި އެ ބަލީގައި މަރުވެފައިވަނީ 35 އަހަރުގެ ދިވެހި އަންހެނެކެވެ. ކާށިދޫއަށް އުފަން އެ މީހާ މަރުވީ އެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާތާ 10 ދުވަސް ފަހުން ކަމަށް އެނގިފައިވެ އެވެ.
މިއީ މި މަހުގެ ތެރޭގައި އެ ބަލީގައި މަރުވި ދެވަނަ މީހާ އެވެ.
ރާއްޖޭގައި އިންފްލުއެންޒާގެ ވަައްތަރެއް ކަމަށްވާ ”އޭ އެޗް1އެން1“ ފެތުރޭކަން ހާމަކުރީ އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރު ޑރ. މުހައްމަދު އަލީ އެވެ.
މި މަހުގެ 14 ވަނަ ދުވަހު އޭނާ ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، އެ ބަލި ފެތުރޭތާ ހަފުތާއެއް ވެއްޖެ އެވެ. އަދި އެ ބަލި ޖެހުމުގެ ސަބަބުން ނިއުމޯނިއާއަށް ޕޮޒިޓިވްވި ތިން މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
އިންފްލުއެންޒާގެ އަލާމާތްތައް:
- ހުން އައުން.
- ނޭފަތުން ފެން އައުން
- ގައިން ވަރު ދެރަވުން.
- ބޮލުގައި ރިއްސައި ގައިގަ އާއި ކަރުގައި ރިއްސުން.
- ކެއްސުން
ޑޮކްޓަރުން ލަފާދޭ ގޮތުގައި ތިން ދުވަސް ވަސްދެން އެ އަލާމާތްތައް ފެންނަ ނަމަ ވީހާ ވެސް އަވަހަކަށް ޑޮކްޓަރަށް ދައްކަން ވާނެ އެވެ.
އިންފުލުއެންޒާ ވެކްސިނަކީ ފްލޫ އާއި ނިއުމޯނިއާ އާއި ހިތުގެ މައްސަލަ އާއި ކަންފަތާއި ސައިނަސްގެ އިންފެކްޝަނުން ރައްކާތެރިކޮށްދޭ ވެކްސިނެކެވެ. އެ ވެކްސިން އުމުރުން ނުވަ އަހަރުން ދަށުގެ ކުދިންނަށް ދެ ޑޯޒް އަދި އެ އަށް ވުރެ އުމުރުން ދޮށީ ނަމަ އެއް ޑޯޒް ދޭން ޖެހެ އެވެ.




ގުޅުންހުރި
ބޭބީބަޔޯ ފޯމިއުލާގައި ވިހަ މާއްދާއެއް، ރާއްޖެއަށް އެތެރެކުރުމާއި ވިއްކުން މަަނާކޮށްފި
ގައިދީންނާއި އޮފިސަރުން ވެގެން ހިންމަފުށީ ސްކޫލަށް 130 މޭޒު ޖަހައިދީފި
ސިފައިންގެ ޑްރޯންތައް ބޭނުންކުރަން ފެށުމުން ވަގަށް ވަންނަ އުޅަނދު މަދުވެއްޖެ: ގައްސާން
ސަރުކާރުން ވިޔަފާރިތަކާ ވާދަވެރިވުމަކީ އިގުތިސާދީ ހަމަތައް ފުނޑުފުނޑު ކޮށްލާނެ ކަމެއް: ޝާހިދު
އެމްޑީޕީއަކީ މިހާރު މުސްކުޅި ޕާޓީއެއް، އެ ޕާޓީން ވިއްކާ ސިޔާސަތުތަކެއް މިހާރު
ޗާގޯސް މައްސަލައިގައި ރާއްޖެއިން އަމަލުކުރަނީ ޔޫކޭ އާއި އެމެރިކާއިން އެދޭ ގޮތަށް: