މާލޭގައި ހަދާފައިވާ ސިނަމާލެ 1، 2 އަދި 3 އަކާއި މާލޭހިޔާ 1 އަދި 2 ގެ ހުރިހާ ފްލެޓްތަކަށް ބޭނުންވާވަރުގެ އާ އިމާރާތެއް އެޅުމުގެ މަސައްކަތް އަންނަ އޭޕްރިލް މަހުގެ ތެރޭގައި ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދަރުބާރުގޭގައި ރޭ ބޭއްވި މާލޭގެ އިންތިހާބީ މޭޔަރު އާދަމް އާޒިމް އަދި ތިން ކައުންސިލަރަކު ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ މަނިކުފާނު މޭޔަރުކަމުގައި ހުންނެވި އިރު، މާލޭގެ ސިނަމާލެ ސަރަހައްދުގައި ގެދޮރު ބިނާކުރުމަށްޓަކައި ފަށަން ނިންމާފައި އޮތް މަޝްރޫއު ކުރިއަށް ގެންދަން ފުރުސަތު ނުދެއްވި ނަމަވެސް އެކަން މިހާރު ކުރިއަށް ގެންދެވޭނެ ގޮތް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން އެ މަސައްކަތް އަންނަ އޭޕްރިލް މަހުގެ ތެރޭގައި ފަށާނެ ކަމަށް ވިދާޅުވި އެވެ.
”އިރާދަކުރެއްވިއްޔާ ސިނަމާލެ ސަރަހައްދުގައި، މިހާރު އެތާ އެހެރަ 5 އިމާރާތް، ސިނަމާލެ 1، 2، 3، މާލޭހިޔާ 1، 2 މި ފަސް އިމާރާތުގެ ހުރިހާ ފްލެޓްތަކަށް ބޭނުންވާވަރުގެ އާ އިމާރާތެއް އެޅުމުގެ މަސައްކަތް ފެށޭނެ. އެ އިމާރާތް އަޅައި ނިމުނީމާ، މި ފަސް އިމާރާތުގެ ރައްޔިތުންނަށް އެއަށްވުރެ ފުރިހަމަ، އެއަށްވުރެ ޖާގަ ބޮޑު ފްލެޓްތަކެއް އެ ތަނުން ލިބިގެންދާނެ. ލިބިގެން ދިޔައިމާ، ބާވެފައި ހުރި މި ދެންނެވި 5 އިމާރާތް ތަޅައިލެވި، އެތަންތާނގައި އާ އިމާރާތް އެޅިގެންދާނެ. އެ މަޝްރޫއު އިރާދަކުރެއްވިއްޔާ ފެށިގެންދާނެ،“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު އިތުރަށް ވިދާޅުވީ، ވިލިމާލޭގައި 500 ހައުސިން ޔުނިޓް ގާއިމުކުރުމުގެ މަސައްކަތް ވެސް އޭޕްރިލް މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ.

ގުޅުންހުރި
ރާއްޖެއިން ބޭރުން އަގުހެޔޮކޮށް ވިޔަފާރި ކުރާތީ ބީއެމްއެލް އިން ކަންބޮޑުވެ، ކުދިކިޔަން
ސިފައިންގެ ކޮޅުވެއްޓި އޮތީ 1800 ފޫޓު އަޑީގައި، ގެއްލިގެން ހޯދާ ބިދޭސީ
ޝަމްއާއިން ދެންތިބި މީހުންގެ ޝަރީއަތް ފަށައިފި، އެކަކު ވަނީ ދައުވާއަށް އިއުތިރާފުވެފަ
ރައީސްގެ ދެކަނބަލުންގެ ނަންފުޅަށް ނިސްބަތްކޮށް ސިންގަޕޫރުގައި އޯކިޑް ގަހަކަށް ނަން ދީފި
ބީއެމްއެލް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ޝެއިން އަދި ތެމޫގެ ވިޔަފާރި ކުރާއިރު 30 ޕަސެންޓުގެ ފީއެއް ދެން