ހެނދުނުގެ ނާސްތާ ނުކެއުމަކީ ހަޑިގަނޑަށް އެތައް ގެއްލުމެއް ލިބޭ ކަމެއް ކަމަށް ގިނަ އަދަދެއްގެ ދިރާސާތަކަކުން ސާބިތުވެފައި އެބަ ހުއްޓެވެ. އާ ދިރާސާތަކަކުން ދައްކާ ގޮތުން، މިއީ އިންސާނާގެ ނަފުސާނީ ދުޅަހެޔޮކަމަށްވެސް ގެއްލުން ދޭ ކަމެކެވެ.
ދިރާސާތަކުން ދައްކާ ގޮތުން ސިކުނޑި ރަނގަޅަށް މަސައްކަތް ކުރުމަށް ކެލޮރީސް ބޭނުންވެ އެވެ. ނަމަވެސް ހަޑިގަނޑަށް ލިބެންވާ ވަރަށް ކާނާ ނުލިބޭ ނަމަ، ސިކުނޑީގެ މަސައްކަތަށްވެސް ބުރޫ އަރަ އެވެ. އެހެންކަމުން ތަޖުރިބާ ކާރުން ބުނާ ގޮތުން ހެނދުނު ނާސްތާއަކީ ނަފުސާނީ ދުޅަހެޔޮ ކަމަށް މުހިންމު ކެއުމެކެވެ.
ޔުނިވާސިޓީ އޮފް މިޝިގަންގައި ހެދި ދިރާސާއަކުން ދައްކާ ގޮތުން، ހެނދުނު ނާސްތާ ނުކާ ނަމަ މޫޑަށް ބަދަލު އާދެ އެވެ. އެއީ ހެނދުނު ނާސްތާ ނުކެއުމުން ބްލަޑް ޝުގާ ލެވެލްތަކަށް ބަދަލު އަންނާތީ ކަމަށް އެ ދިރާސާއިން ދައްކަ އެވެ. ކޭބްރިޖް ޔުނިވާސިޓީން ހެދި ދިރާސާއަކުން ދައްކާ ގޮތުން އެކަމުގެ ސަބަބުން މޫޑް ޑިސްއޯޑާއެއް ކުރިމަތިވުމަކީވެސް އެކަށީގެންވާ ކަމެކެވެ.
ހެނދުނުގެ ނާސްތާ ނުކާނަމަ ކޮންސެންޓްރޭޓު ކުރުމަށްވެސް އަސަރު ކުރެ އެވެ. އެގޮތުން ބްރެއިން ފޮގް ނުވަތަ ކަންކަން އަވަހަށް ހަނދާނުން ކައްސާލުމާއި ވިސްނޭ މިންވަރު ލަސްވެ އެވެ. މަސައްކަތުގައި ކޮންސެންޓްރޭޓު ކުރަން އުނދަގޫވާއިރު، ސިކުނޑީގެ އެނާޖީ ލެވެލްއަށްވެސް ބަދަލު އާދެ އެވެ.
ހެނދުނު ނާސްތާ ނުކާނަމަ ޑިޕްރެސް ވެދާނެ ކަމަށް ދިރާސާތަކުން ސީދާ ގުޅުމެއް ނުފެނުނަސް، އެއީ ވުން ގާތް ކަމެއް ކަމަށް ގިނަ ދިރާސާތަކުން ދައްކަ އެވެ. އަދި އެންޒައިޓީއާ ކުރިމަތިލާން ޖެހިދާނެ ކަމަށްވެސް ދައްކަ އެވެ. ސަބަބަކީ ހެނދުނު ނާސްތާ ނުކާ މީހުންގެ ފަރާތުން ޑިޕްރެޝަނާއި އެންޒައިޓީގެ އަލާމާތްތައް، ނާސްތާ ކާ މިހުންނަށްވުރެ ގިނައިން ފެންނަ ކަމަށް ދިރާސާތަކުން ދައްކާތީ އެވެ.




ގުޅުންހުރި
ސިފައިންގެ ޑްރޯންތައް ބޭނުންކުރަން ފެށުމުން ވަގަށް ވަންނަ އުޅަނދު މަދުވެއްޖެ: ގައްސާން
ސަރުކާރުން ވިޔަފާރިތަކާ ވާދަވެރިވުމަކީ އިގުތިސާދީ ހަމަތައް ފުނޑުފުނޑު ކޮށްލާނެ ކަމެއް: ޝާހިދު
އެމްޑީޕީއަކީ މިހާރު މުސްކުޅި ޕާޓީއެއް، އެ ޕާޓީން ވިއްކާ ސިޔާސަތުތަކެއް މިހާރު
ޗާގޯސް މައްސަލައިގައި ރާއްޖެއިން އަމަލުކުރަނީ ޔޫކޭ އާއި އެމެރިކާއިން އެދޭ ގޮތަށް:
ޕާކިސްތާނުގެ މިސްކިތެއްގައި ބޮމެއް ގޮއްވާލައި 30 އަށްވުރެ ގިނަ މީހުން މަރާލައިފި
ލޭ ހަދިޔާކުރުމަކީ ދެމިގެންވާ ސަދަގާތެއް، ސަވާބު ލިބިލިބި ހުންނާނެ ކަމެއް: ހުތުބާ