ވަރުގަދަ މީހަކީ، ހިފާ ބަލިކުރާ މީހާ ނޫން ކަމަށާއި ނަމަވެސް ވަރުގަދަ މީހަކީ އޭނާގެ ގާތަށް ރުޅި އަންނަ ހިނދު ނަފުސު ކޮންޓްރޯލް ކުރާ މީހާ ކަމަށް ކީރިތި ރަސޫލާ ހަދީޡް ކުރައްވާފައިވާ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
”ރުޅިމަޑުކުރުން“ މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، ރުޅިމަޑުކަމަކީ ﷲ ލޯބިވެ ވޮޑިގަންނަވާ އަދި އެކަލާނގެ ރަސޫލާ ލޯބިފުޅުވާ ސިފައެއް ކަމަށާއި ރުޅި މަޑުކުރުމަކީ އެހާ މުހިންމު ކަމަކަށް ނުވާ ނަމަ، އޭގެ ޖަޒާއަކަށް ސުވަރުގެ ނުވީސް ކަމަށެވެ.
ނަމަވެސް މިއަދު އަހަރެމެންގެ ތެރެއިން ރުޅި މަޑުކަމުގެ ރީތި ނަމޫނާތަކެއް ނުފެންނަ ކަމަށާއި ފެންނަނީ ބަދަލުހިފުމުގެ ރޫހު ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ، ކީރިތި ރަސޫލާ ބަޔާން ކޮށްދެއްވާފައިވާ ގޮތުގައި ރުޅިއަކީ ޝައިތާނާ އިންސާނާގެ ހަށިގަނޑު ތެރެއަށް އުކާ އަލިފާނުގެ އަނގުރުތަކެއް ކަމަށާއި އެހެންވެ ކޯފާ އިސް ނުކުރެއްވުމަށް ކީރިތި ރަސޫލާ އެކަލޭގެފާނުގެ ސަހާބީންނަށް ވަސިއްޔަތް ކުރައްވާފައިވާ ކަމަށެވެ.
އަދި ޝައިތާނާ އަބަދުވެސް މަސައްކަތް ކުރާނީ އިންސާނާ ރުޅިއަރުވައިގެން އޭނާ ލައްވައި ކުށް ފާފަތައް ކުރުވަން ކަމަށާއި އެއީ މިއަދު އިންސާނާ ކުރާ އަމަލުތަކަށް ގިޔާމަތް ދުވަހު ޖަވާބުދާރީ ވާންޖެހޭނެތީ ކަމަށްވެސް ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ، މާތް ﷲގެ އަޅުން، އެ މީހުންގެ އަމިއްލަ ޝަހްސީ ކަންތައްތަކަށް ރުޅި އައިސްގެން ނުވާނެ ކަމަށެވެ. އެގޮތުން ގަނެ ވިއްކުމުގެ މުއާމަލާތުގައާއި އެކުވެރިކަމާއި އަވަށްޓެރި ކަމުގައި، ރުޅި އިސްކޮށްގެން ނުވާނެ ކަމަށާއި އެ މީހުން އަވަދިނެތިވެ އުޅެން ޖެހޭނީ އިސްލާމް ދީނަށްޓަކައި ކަމަށް ބުންޏެވެ.
އަދި ބުނީ، ދުނިޔެއަކީ އެއަށްޓަކައި އަރާރުން ވާންޖެހޭ ވަރުގެ އަގުހުރި ތަނެއް ނޫން ކަމަށާއި ﷲ ގެ ހަޒުރަތުގައި، އެއީ މަދިރިއެއްގެ ފިޔައަކަށްވުރެ އަގު ދަށް ތަނެއް ކަމަށެވެ.




ގުޅުންހުރި
ދަރީން ނަމާދަށް އަހުލުވެރިކުރުވަން އިހުމާލުވެއްޖެ ނަމަ، ދެމަފިރިން ވެސް ފާފަވެރިވާނެ އެވެ.
އެމީހަކު ބޭނުން މައުލޫއެއްގައި ބޭނުން ހުތުބާއެއް ކިޔާ ނަމަ، ހަމަނުޖެހުން އުފެދިދާނެ:
ބިރުވެރިކަމުގައި އާހިރަތް ދުވަހު އުޅޭނީ އަމިއްލަ ނަފުސާ މެދު ކަންބޮޑުވެގެން، ތައްޔާރުވޭ!:
ދުންޔަވީ އެދުންތަކުގައި މަޝްއޫލުވެ, ގާފިލުކަމުގެ ތެރޭގައި ހޭދަކުރާ ޒުވާނުން ދަނީ އިތުރުވަމުން:
ޓްރެފިކް ގަވާއިދުތަކަށް އަމަލުކުރުން ވާޖިބު، ދީނުގައި ގެއްލުންދިނުމެއް ނެތް: ހުތުބާ
މިއަދު ބައެއް ދިވެހީން ކަންނެތްވެއްޖެ، މަހަށް ފުރާނެ ދިވެހިން ނުލިބުމަކީ ހިތާމައެއް: