ހަށިވިއްކާ ކަމުގެ ތުހުމަތުގައި ބިދޭސީ އަންހެނަކު ހައްޔަރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ނެރެފައިވާ ކޯޓު އަމުރެއްގައިވާ ގޮތުން މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ ވިއެޓްނާމް އަންހެނެކެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރު ކުރުމުން ވަނީ ބަންދަށް ފަސް ދުވަސް ޖަހައިފަ އެވެ. ސަބަބެއް ކަމަށް ބަންދު އަމުރުގައި ބުނެފައިވަނީ ހައްޔަރުކުރި ފަހުން 24 ގަޑިއިރު ހަމަވާން ކައިރިވިއިރުވެސް ތަރުޖަމާނެއް ލިބިފައިނުވާތީ އެވެ.
އަމުރުގައިވާ ގޮތުން އޭނާ ދިރިއުޅޭ ކޮޓަރިން ޖިންސީ އަމަލު ހިންގުމަށް ބޭނުން ކުރާ ސާމާނު ފެނިފައިވެއެވެ. ހަށިވިއްކާ ކަމަށް އޭނާ އިއުތިރާފު ވެފައިވާ ކަމަށްވެސް އަމުރުގައިވެ އެވެ.
މީގެ އިތުރުން އޭނާގެ އަތުން ފައިސާ ފެނިފައިވާ ކަމަށާއި އެ ފައިސާއަކީ ހަށިވިއްކައިގެން ހޯދާފައިވާ ފައިސާ ކަމަށް އެ އަންހެން މީހާ ބުނެފައިވާ ކަމަށްވެސް ކޯޓު އަމުރުގައިވެ އެވެ.

ގުޅުންހުރި
ދަތުރު ކުރަމުންދިޔަ ބަހެއްގައި ރޯވެ 20 މީހަކު ފިހިގެން މަރުވެއްޖެ
ދެ ކޮންޓެއިނަރު ސިނގިރޭޓު ”ގެއްލުން“: ލޮޓަސްގެ ވެރިޔާ އާއްޓޭ އާއި އެޕޯލޯގެ
ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައި ވަނިކޮށް އޭސީޕީ ދާއޫދު ޗުއްޓީއަށް
އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގުރާމަށް ހުޅުވާލައިފި
އަހަރަކު 400 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ބުނި ބަންކަރިން އިން
ބިލެތްފަހި އެއާޕޯޓް: މިދިޔަ އަހަރު ހަވާލުކުރީ އެމްޓީސީސީއާ, މިއަހަރު ހަވާލުކުރީ އެމްއޭސީއެލްއާ