އޮކްޓޯބަރ 5, 2024

ކުރީގެ ގިނަ މެމްބަރުންތަކެއް ޕީއެންސީގެ ޓިކެޓް ކަށަވަރުކޮށްފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެރިކަންކުރާ ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާނެ ކެންޑިޑޭޓުން ހޮވުމަށް މިއަދު ބޭއްވި ޕްރައިމަރީގައި ކުރީގެ ބައެއް މެމްބަރުން ޓިކެޓް ކަށަވަރުކޮށްފިއެވެ.

 މިއަދު ހެނދުނު 10 އިން ހަވީރު 5އަށް ކުރިއަށްދިޔަ އެ އިންތިހާބުގައި 73 ދާއިރާއަކަށް 283 ކެންޑިޑޭޓުން ވާދަކުރި އެވެ. ވޯޓުލުމުގެ ހައްގު 71،597 މީހުންނަށް ލިބުނެވެ.

ޓިކެޓް ކަށަވަރު ކުރެއްވި މެމްބަރުންގެ ތެރޭގައި ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ދީދީ ހިމެނެއެވެ. އޭނާ ކާމިޔާބު ކުރެއްވީ އަލަށް އުފެއްދި ފޭދޫ ދެކުނު ދާއިރާގެ ޓިކެޓެވެ. ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމް ވެސް ޓިކެޓް ކަށަވަރު ކުރެއްވިއެވެ. ވިލިމާލެ ދާއިރާގެ ޓިކެޓް ކާމިޔާބު ކުރެއްވީ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލެެވެ. މާފަންނު ދެކުނު ދާއިރާގެ ޓިކެޓް ކުރީގެ މެމްބަރު އަބްދުﷲ ރިފާއު ކާމިޔާބުކުރެއްވިއިރު، މާފަންނު މެދު ދާއިރާގެ ޓިކެޓް ކާމިޔާބު ކުރެއްވީ ކުރީގެ މެމްބަރު އަސްމާ ރަޝީދެވެ. ތިނަދޫ އުތުރު ދާއިރާގެ ޓިކެޓް ކުރީގެ މެމްބަރު ސައުދުﷲ ހިލްމީ ކަށަވަރު ކުރެއްވިއިރު، ދިއްދޫ ދާއިރާގެ ޓިކެޓް ކުރީގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ކަށަވަރު ކުރެއްވިއެވެ. އަދި އިނގުރައިދޫ ދާއިރާގެ ޓިކެޓް ކުރީގެ މެމްބަރު އިބްރާހީމް ފަލާހު ވަނީ ކާމިޔާބު ކުރައްވާފައެވެ.

މީގެއިތުރުން ތުލުސްދޫ ދާއިރާގެ ޓިކެޓް މިހާރުގެ މެމްބަރު އިބްރާހީމް ނަސީމް ވަނީ ކަށަވަރު ކުރައްވާފައެވެ.