ޝަހާދަތުގެ ދެކަލިމަ އޭގެ ހަގީގީ މާނާގައި ހިތުގެ އަޑިން ގަބޫލުކުރާ މީހާ، މާތް ﷲ ގެ ފޮތާއި ކީރިތި ރަސޫލާގެ ސުންނަތް އޭނާގެ ހަޔާތާ ގުޅުވާލާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
”ޝަހާދަތުގެ ދެކަލިމައާއި ހަޔާތާ ހުރި ގުޅުން“ މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، ޝަހާދަތުގެ ދެކަލިމަ ކަމުގައިވާ لَا إِلَـٰهَ إِلَّا اللهُ، مُحَمَّدٌ رَسُوْلُ اللهِ އަކީ، އިސްލާމް ދީން އެ ދެ ކަލިމައެއްގެ މަތީގައި ބިނާވެފައިވާ، އިސްލާމް ދީނުގެ ބިންގަލެއް ކަމަށާއި އެއީ ޖަހާލަތާއި ކުފުރުގެ އަނދިރިކަމުން ހިދާޔަތުގެ އަލިގަދަ ނޫރުގެ ތެރެއަށް އިންސާނާ ވައްދައިދޭ ދަންމަރެވެ.
އެއީ މާތް ﷲ ގެ އަަޒާބާއި އުގޫބާތުގެ ހުރަގެ ކަމުގައިވާ ޖަހަންނަމައިން އިންސާނާ ސަލާމަތް ކޮށްދޭ އައްޑަނައެއްގެ އިތުރުން އެކަލާނގެ ދިންނެވުމާއި ނިއުމަތުގެ ގޯތިކަމުގައިވާ ސުވަރުގެއަށް އިންސާނާ ވާސިލުކޮށްދޭނެ ވަސީލަތް ކަމަށާއި އެއީ އަހަރެމެން އޭގެ މަތީގައި ދިރިއުޅުން ބިނާކުރާ އިސްލާމީ ޝަރީއަތުގެ އަސާސް ކަމަށްވެސް ބުންޏެވެ.
ޝަހާދަތުގެ ދެކަލިމައަށް ފުރިހަމަ ގޮތުގައި އީމާންވުމަށްޓަކައި، މިދެކަލިމަ މުސްލިމާގެ ހަޔާތާ ގުޅިފައިވާ ގޮތްތައް ދެނެގަތުމަކީ ކޮންމެހެން މުހިއްމު ކަމެއްކަން ފާހަގަކޮށް ހުތުބާގައި ބުނީ، ޝަހާދަތުގެ ދެކަލިމަ ނިސްބަތްވަނީ މާތް ﷲ އާއި އެކަލާނގެ ރަސޫލާ އަށް ކަމަށެވެ.
އެހެންވެ ޝަހާދަތުގެ ދެކަލިމަ އޭގެ ހަގީގީ މާނާގައި ހިތުގެ އަޑިން ގަބޫލުކުރާ މީހާ، މާތް ﷲ ގެ ފޮތާއި ކީރިތި ރަސޫލާގެ ސުންނަތް އޭނާގެ ހަޔާތާ ގުޅުވާލާނެ ކަމަށާއި ޝަރީއަތުގެ މި ދެމަސްދަރު އުނގެނި، އޭގައިވާ އެއްޗެއްގެ މުރާދު ދެނެގަތުމަށް މަސައްކަތްކޮށް އެއަށް އަމަލުކޮށް އެއާ އެއްގޮތަށް އޭނާގެ ހަޔާތް ބައްޓަންކުރާ މީހަކަށް ވާނެ ކަމަށް ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ، ޝަހާދަތުގެ ދެކަލިމައިގެ މުރާދާ އެއްގޮތަށް ދިރިއުޅުން ބިނާކުރުމަށްޓަކައި އެ ދެކަލިމައިގެ ޝަރުތުތައް އެނގުމަކީ ވެސް މުހިންމު ކަމެއް ކަމަށެވެ.
އެގޮތުން އެ ދެކަލިމަ ލާޒިމުކުރާ ކަންކަން ރަނގަޅަށް އުނގެނުމާއެކު، އެ ދެކަލިމައިގެ މުރާދު ރަނގަޅަށް ދެނެގަނެ، ޝައްކުކަމެއް ނެތި ޔަގީންކުރަންވާނެ ކަމަށް ބުންޏެވެ.
އަދި އެ ދެކަލިމައިން ދޭހަކޮށްދޭ އެންމެހާ ކަމެއް އިހުލާސްްތެރިކަމާއެކު ގަބޫލުކޮށް، ދުލުން ކިޔައި، ހިތުން އިގުރާރުވާންވާނެ ކަމަށާއި އެެ ދެކަލިމަ މަތިވެރިކޮށް، އެ ދެކަލިމަ ލާޒިމުކުރާ ކަންކަން ނަގަހައްޓާ ފަރާތްތައް ދެކެ ލޯބިވުން ލާޒިމުވެގެންވާ ކަމަށްވެސް ބުންޏެވެ.
ހުތުބާގައި އިތުރަށް ބުނީ، އަހަރެމެންގެ އަހުލާގީ އަދި ސުލޫކީ މިންގަނޑު އިސްލާމީ ޝަރީއަތުގައި އަންގަވާފައިވާ ގޮތުގެ މަތީގައި ބިނާކުރެވިފައިވުމަކީ އަހަރެމެންގެ ހަޔާތް ޝަހާދަތުގެ ދެކަލިމަޔާ ގުޅިގައިވާ ކަމުގެ ނިޝާނެއް ކަމަށާއި އެއީ ފާފަތަކަށް އަރައިގަތުމުން ވެސް މީހާ ދުރުކުރުވާނެ ކަމެއް ކަމަށެވެ.

ގުޅުންހުރި
މުއުމިނުންނަކީ އަމިއްލަ ނަފުސަށް އެދޭ ހެޔޮކަން އެ މީހުންގެ އަހުންނަށް ވެސް
ފާހިޝް އަމަލުތައް ހުއްޓުވުމަކީ މިނިވަންކަމަށް އަރައިގަތުންކަމަށް ހަދައިފި: ހުތުބާ
ނަމާދުކުރާ މީހުން ވައްކަމާއި ރިޝްވަތާއި ދޮގުހެދުން ފަދަ ފާހިޝް ކަންކަމުނުން ދުރުހެލިވާނެ:
އަންހެނުންނަށް ހަމަހަމަކަން ލިބިގެން ދިޔައީ އިސްލާމްދީން ބާވައިލެއްވި ހިސާބުން: ހުތުބާ
ރަނގަޅު ދަރިންތަކެއް ތަރުބިއްޔަތު ކުރެވޭނީ ދީނާ ދުރު ފިކުރަތައް ގޭތެރެއިން ނައްތާލައިގެން:
އިސްލާމީ އުންމަތް ބަލިކަށިވެފައިމިވަނީ އިސްލާމީ ތައުލީމާއީ ޝަރީއަތަށް ދުރަށް ދިޔުމުން: ހުތުބާ