ތިރީސް އަހަރަށްފަހު ވ. ފެލިދޫގެ ބާ އިންޖީނުގޭގައި ހުރި އިންޖީނުތައް ނިއްވާލައި، އެ ރަށުގައި ސްޓެލްކޯ އިން ގާއިމުކުރި އާ ޒަމާނީ އިންޖީނުގެއިން ރަށަށް ކަރަންޓު ދޭން ފަށައިފި އެވެ.
ފެލިދޫއަށް އިއްޔެ ވަޑައިގެން އެ ރަށު ބާ އިންޖީނުގެ ނިއްވާލަދެއްވައި، އާ އިންޖީނުގޭގެ ހިދުމަތް ފައްޓަވައިދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެވެ.
ރައްޔިތުންގެ އިންޖީނުގޭގެ ގޮތުގައި ފެލިދޫ ބާ އިންޖީނުގޭގެ ހިދުމަތް ދޭން ފެށީ 31 ޖަނަވަރީ 1994 ގައެވެ. ފަންސަވީސް ކިލޯވޮޓްގެ ޖަނަރޭޓަރަކާއެކު ހިދުމަތް ދޭން ފެށިއިރު އޭރު ރަށުގެ ޕީކް ލޯޑަކީ ގާތްގަނޑަކަށް 10 – 12 ކިލޯވޮޓެވެ. ނަމަވެސް އެ ތަނުގައި ހުރި ޖަނަރޭޓަރުތަކުގެ ގަދަ އަޑާއި ދުމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް އެކަންވެފައި އޮތީ ނުހަނު ބޮޑު ތަކުލީފަކަށެވެ.
ފެލިދޫ ކައުންސިލުންވެސް ވަނީ އެކަން ފާހަގަކޮށްފަ އެވެ. އަދި އާ އިންޖީނުގެއެއްގެ ސަބަބުން ޒަމާންތަކަކަށްފަހު ރައްޔިތުންނަށް ބޮޑު ލުޔެއް ލިބިގެންދިޔަކަން އެ ކައުންސިލުން ބުނެ އެވެ.
އާ އިންޖީނުގޭގެ ހިދުމަތް ފައްޓަވައިދެއްވުމަށްފަހު ފަހުމީ ވިދާޅުވީ، އެ އިންޖީނުގެއަކީ ފަޔާ ފައިޓިންއާއި ސައުންޑް ޕްރޫފިން އަދި ސްޓާފް އެކޮމޮޑޭޝަންއަކާއި ޓްރެއިނިން ހޯލެއް ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ އަދި ރައްޔިތުންނަށް ފަސޭހައިން ހިދުމަތްތައް ލިބޭނެ ކަސްޓަމާ ސާވިސް ބިލްޑިންއަކާއެކު، ހަދާފައިވާ އެންމެ ޒަމާނީ އިންޖީނުގެއެއް ކަމަށެވެ.
ފެލިދޫ ބާ އިންޖީނުގެ ސްޓެލްކޯއާ ހަވާލުކުރީ 2014 ވަނަ އަހަރު އެވެ. އެއާއެކު ރަށުގެ ކަރަންޓު ޑިމާންޑަށް ބަލައި، ސްޓެލްކޯއިން ދިޔައީ ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އަލަށް އިތުރު ކުރި 304، 250 އަދި 500 ކިލޯވޮޓުގެ ޖަނަރޭޓަރުތަކާއެކު ރަށުގައި ކަރަންޓު އުފެއްދޭ ކެޕޭސިޓީ ވަނީ 1054 ކިލޯވޮޓަށް އިތުރު ކޮށްފަ އެވެ. މިވަގުތު ފެލިދޫގެ އެވަރެޖް ޕީކް ލޯޑަކީ 355 ކިލޯވޮޓެވެ.




ގުޅުންހުރި
ހަންގަނޑު އުޖާލާކޮށްދިނުމުގެ އިތުރުން އަލަނާސިން އަންހެނުންނަށް ވަކި ފައިދާއެއް ލިބޭތަ.؟
މަރުވެފައި އޮއްވައި ފެނުނީ ލޯންޗަކަށް އަރަން އުޅެނިކޮށް ވެއްޓުނު ކަނޑަށް ވެއްޓުނު
ޓްރެފިކް ގަވާއިދުތަކަށް އަމަލުކުރުން ވާޖިބު، ދީނުގައި ގެއްލުންދިނުމެއް ނެތް: ހުތުބާ
ފަހި ފުލެޓުތަކުގެ މަހު ކުއްޔާއި ޑިޕޮސިޓަށް ގެނައި ބަދަލުތައް އާންމުކޮށްފި
ރައީސް އާދީއްތަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް އެކެއްގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ހަތް އަހަރު ހަމަވުމަށްފަހު ވެސް ހިޔާގެ ކުލި ބޮޑުނުވާނެ ގޮތް ހަދައިދޭނަން: