ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި ’ގެދޮރުވެރިޔާ ސްކީމް’ގެ ދަށުން ފްލެޓް ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ ބައްދަލުކުރައްވައި އިތުރު ލަފަޔާއި މަޝްވަރާ ހޯއްދަވައިފި އެވެ.
ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މިއަދު އޭސީސީއާ ބައްދަލުކޮށް ލަފަޔާއި މަޝްވަރާ ހޯދި ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލު އެ މިނިސްޓްރީން ނުދެ އެވެ.
’ގެދޮރުވެރިޔާ ސްކީމް’ގެ ދަށުން ދޭން އިއުލާންކުރި 4،000 ފްލެޓް، ލިބޭ މީހުންގެ ލިސްޓެއް ރައީސް ސޯލިހުގެ ސަރުކާރުން ނެރުނީ އުސޫލާ ހިލާފަށް ކަމަށް ބުނެ އޭސީސީން ބަލަމުން ދިޔަ މައްސަލައަކާ ގުޅިގެން ފްލެޓް ހަވާލުކުރުން ހުއްޓުވި އެވެ. ގިނަ ދުވަސްތަކެއް ވަންދެން ހުއްޓުވާފައި ބޭއްވުމަށްފަހު އެކަމަށް ހުއްދަ ދިނީ މިހަފްތާގެ ތެރޭގަ އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 32 ޓަރަވަރެއްގައި 4000 ފްލެޓް އަޅަނީ އިންޑިއާގެ އެކްޒިމް ބޭންގެ ލޯނު އެހީގެ ދަށުންނެވެ. އޭގެތެރެއިން ގިނަ ފްލެޓްތައް މިހާރު ވަނީ ނިމުމަކާ ގާތްވެފަ އެވެ.




ގުޅުންހުރި
ފަހި ފްލެޓުތަކުގެ ޑިޕޮސިޓަށް ދެއްކި ފައިސާ ކުލިން އުނިކުރަން ނިންމައިފި
ފަހި ފުލެޓުތަކުގެ މަހު ކުއްޔާއި ޑިޕޮސިޓަށް ގެނައި ބަދަލުތައް އާންމުކޮށްފި
ގެދޮރުވެރިޔާ ފުލެޓުތަކުގެ އެޑްވާންސް ބޮޑުތަނުން ކުޑަކުރުމަށް ނިންމައިފި
ގެދޮރުވެރިޔާ ފުލެޓުގެ ޑައުންޕޭމަންޓަށް ރަނގަޅު ހައްލެއް ހޯދައިދޭނަން: ރައީސް
ޕޮއިންޓު ބަދަލުކޮށްގެން އެއްވެސް މީހަކަށް ފުލެޓުދީފައެއް ނުވާނެ: ރައީސް
އަންނަ ދިރާސީ އަހަރު ފެށެންވާއިރަށް، ގެދޮރުވެރިޔާ ފުލެޓުތަކަށް ވަދެވޭނެ: ރައީސް