ފަނޑިޔާރުންގެ އިސްތިނާފު މަޖިލީހަށް ތިން ފަނޑިޔާރަކު އައްޔަންކޮށްފިއެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ދަށުން ހިންގާ ފަޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް މި އަހަރު އައްޔަންކޮށްފައިވާ ތިން ފަނޑިޔާރުންނަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމާއި ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޒ މުޙައްމަދު ސަލީމްގެ އިތުރުން ކްރިމިނަލް ކޯޓުގެ ޤާޒީ ޙުސައިން ފާއިޒް ރަޝާދެވެ.
ފަޑިޔާރުންގެ އިސްތިއުނާފު މަޖިލީހަކީ ފަނޑިޔާރުންނާ ގުޅޭ ޝަކުވާތަށް ބަލައި، ޖުޑިޝަލް ޖޭއެސްސީން ނިންމާ ނިންމުންތަކުގެ ތެރެއިން ފަނޑިޔާރަކު މަޤާމުން ވަކިކުރަން ރައްޔިތުން މަޖިލީހަށް ހުށަހެޅުމަށް ނިންމާ ނިންމުންތައް ފިޔަވައި، އެނޫން އެހެން ނިންމުންތައް އިސްތިއުނާފު ކުރުމަށްޓަކައި އެކުލަވާލާފައިވާ މަޖިލީހެކެވެ.
އެގޮތުން ފަނޑިޔާރުންގެ އިސްތިނާފު މަޖިލީހަށް ކޮންމެ އަހަރަކުވެސް ތިން ފަނޑިޔާރަކު އައްޔަންކުރެ އެވެ. އޭގެތެރޭގައި ހިމެނެނީ ސުޕްރީމް ކޯޓުން ހަމަޖައްސާ ފަނޑިޔާރަކާއި، ހައި ކޯޓުން ހަމަޖައްސާ ފަނޑިޔާރެއްގެއިތުރުން ސުޕީރިއަލް ކޯޓުތަކުން އައްޔަންކުރާ ފަނޑިޔާރަކެވެ.
ގުޅުންހުރި
ޖޭއެސްސީގެ މެންބަރު ކަމަށް ސިވިލް ކޯޓުގެ ގާޒީ ފަރުހާދު އައްޔަން ކުރައްވައިފި
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަގާމުން ރިޒްނާ އިސްތިއުފާ ދެއްވައިފި
ޖޭއެސްސީގެ ރައީސް ކަމަށް މެންބަރު ރިޒާ
ޕީއެންއެފްގެ ޝުކުރު އަސްލަމަށް: ތިޔަކޮށްދެއްވި މަސައްކަތް ހެޔޮހިތުން ބަލައިގަންނަން
ޔާމީން މައްސަލައިގައި ހުކުމްކުރުން ލަސްވާތީ ޖޭއެސްސީއަށް ހުށަހަޅައިފި
ޔާމީން މައްސަލައިގައި ހުކުމްކުރުން ލަސްވާތީ އަސްލަމް ޖޭއެސްސީއަށް މައްސަލަ ހުށަހަޅުއްވަނީ