ސެޕްޓެމްބަރ 23, 2024

އާބަންކޯގެ ނަން އެޗްޑީސީ ގެ ނަމަށް ބަދަލުކުރަން 776،000 ރުފިޔާ

އާބަންކޯގެ ނަން ހައުސިން ޑިވޮލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމަށް ބަދަލުކުރަން 776،000 އަށް ވުރެ ގިނަ ރުފިޔާ ޚަރަދުވެފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ”ސަން“އިން ވަނީ އެޗްޑީސީގެ ނަން އާބަންކޯއަށް ބަދަލުކޮށްފައި އޮއްވައި، އަލުން އެޗްޑީސީއަށް ބަދަލުކުރަން ކުރި ޚަރަދުގެ ތަފުސީލުތައް ހޯދަން އެދިފައެވެ. އެ ކުންފުނިން ދިފައިވާ ޖަވާބު ”ހަފްތާ“ އާއި ”ސަން“ އިން ހިއްސާކޮށްފައިވާއިރު، އެޖަވާބުގައިވާގޮތުން އެ ކަމަށް ޖުމުލަ 776،547.93 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

އެޗްޑީސީގެ ބްރޭންޑް އިމްޕްލިމެންޓް ކުރުމަށް ކުރެވުނު ސައިނޭޖް މަސައްކަތާއި ހޭދެކުރެވުނު އަދަދު ތަކުގެ ތަފްސީލް:

މައި އޮފީހުގެ ލޯގޯ ބަދަލް ކުރުން.

ކުރީގެ ލޯގޯ ނައްޓައި ކުލަލުމާއި އައު ލޯގޯ ތައްޔާރުކޮށް ހަރުކުރުން

293،846.40ޕްރިންޓް ލައިން
ޑިޕާޓްމަންޓް އަދި ސައިޓް އޮފީސްތަކުގެ ނަންބޯޑުތައް ބަދަލްކުރުން

ނަންބޯޑުތައް ތައްޔާރުކޮށް ކުރީގެ ބޯޑުތައް ނައްޓައި އައު ބޯޑުތައް ހަރުކުރުން

60،594.85އެންކޯ ހޯލްޑިންގްސް
މައި އޮފިސް ލިފްޓް ސްޓިކަރ ބަދަލްކުރުން

ކުރިން ހަރުކުރެވިފައިވާ ސްޓިކަރ ނައްޓައި އައު ސްޓިކަރ ޕްރިންޓްކޮށް އަލުން ހަރުކުރުން

8،933.76އެންކޯ ހޯލްޑިންގްސް
ޖުމްލަ ކުރެވިފައިވާ ޚަރަދު363،375.01

މީގެ އިތުރުންު ރަސްމީ ދިދަ އާއި ލެޓަރ ހެޑް، އަދި ސިޓީ އުރަ އާއި އިވެންޓް ދިދަ، ލެނަޔަރޑް، ރިސިޓް ފޮތް ޕްރިންޓް ކުރުމަށް ޕްރިންޓް ހައުސްއަށް 226،872.92 ރުފިޔާ ދީފައިވާކަމަށްވެސް އެކުންފުނިންވަނީ ބުނެފައެވެ. އަދި ރަސްމީ ނަމާއި ލޯގޯ އަލުން ބޭނުންކުރުމަށް ބޭއްވުނު ރަސްމިއްޔާތަށް 186،300.00 ރުފިޔާ ވަނީ ޚަރަދު ކޮށްފައެވެ.

އެޗްޑީސީން ބުނީ އެކޯޕަރޭޝަންގެ ނަމާއި ލޯގޯ ބަދަލްކުރުމަށް ކުރަން ޖެހޭ ހަރަދުތައް ކުރުމަށް ނިންމާފައިވަނީ އެކިބައިބަޔަށް ބަހާލެވިގެންކަމަށެވެ.

ކުރިން ހައުސިން ޑިވޮލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމުން ޒަމާންތަކެއްވަންދެން ހިންގަމުންދިޔަ ނަމަވެސް ރައީސް ސޯލިހްގެ ސަރުކާރުގެ ފަހު ދުވަސްކޮޅު އެކުންފުނީގެ ނަންވަނީ އާބަންކޯއަށް ބަދަލުކޮށް އެނަމުގެ ދަށުން ޚިދްމަތްދޭންފަށާފައެވެ. އެހެންނަމަވެސް ސަރުކާރު ބަދަލުވެ ރައީސް ޑރ މުއިއްޒު ސަރުކާރާއި ހަވާލުވުމަށް ފަހު އެކުންފުންޏަށް އާއެމްޑީއަކު އައްޔަން ކުރުމާއި އެކު އާބަންކޯގެ ނަންވަނީ މިދިިޔަ ޖެނުއަރީ މަހު އަލުން ބަދަލުކޮށްފައެވެ.