އެސްޓީއޯއިން ބުނީ އޭޖެންޓުގެ ގޮތުގައި އައްޔަންކުރެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމާއިބެހޭ ގާނޫނުގެ ދަށުން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ ޖެނެރަލް ކޮންސްޓްރަކްޝަން މުދާ ވިއްކާ، އަދި ހާޑްވެއާ ޝޯރޫމެއް ނުވަތަ ފިހާރައެއް ހުންނަ ފަރާތްތަށް ކަމަށެވެ.
އޭޖެންޓުންނަށް ހޮވޭ ފަރާރްތަކުގެ މަސައްކަތަކަށް ވާނީ އެ ކުންފުނިން ވިއްކާ މަކިޓާ ޕަވާ ޓޫލްސްގެ ބާވަތްތައް ކަނޑައެޅިފައިވާ ރަށްތަކުގައި ވިއްކުމުގެ ހިދުމަތް ދިނުން ކަމަށް އެސްޓީއޯއިން ބުނެ އެވެ.
އެޖެންޓުން ނެގުމަށް މިވަގުތު ހަމަޖެހިފައިވަނީ:
ދިއްދޫ | ހއ |
ފުނަދޫ، މިލަންދޫ | ށ |
ވެލިދޫ، މަނަދޫ | ނ |
ދުވާފަރު، މީދޫ، އަލިފުށި، އުނގޫފާރު | ރ |
ތުޅާދޫ | ބ |
ނައިފަރު، ހިންނަވަރު | ޅ |
ކާށިދޫ، ހިންމަފުށި، ގުޅި، ތުލުސްދޫ | ކ |
ރަސްދޫ، ތޮއްޑޫ | އއ |
މަހިބަދޫ، މާމިގިލި | އދ |
ކެޔޮދޫ | ވ |
މުލަށް، ދިއްގަރު، މުލި | މ |
ނިލަންދޫ | ފ |
ކުޑަހުވަދޫ، މީދޫ | ދ |
ތިމަރަފުށި، ވިލުފުށި | ތ |
އިސްދޫ، މާވަށް | ލ |
ކޮންމެ ރަށަކުން ދެ އޭޖެންޓުން ނެގުމަށް ހަމަޖެހިފައިވާއިރު މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 14 މާޗް 2024 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން makita@sto.mvއީމެއިލް އެޑްރެސް މެދުވެރިކޮށް އެޕްލިކޭޝަން ފޯމް ހުށަހަޅުމަށް އެސްޓީއޯއިން ވަނީ އެދިފަ އެވެ.
އެސްޓީއޯއިން ބުނީ އޭޖެންޓަކަށް ވުމަށް އެދި ހުށަހަޅާ ފޯމް އެސްޓީއޯ މަކިޓާ ޝޯރޫމް (ސީޓްރެކް ބިލްޑިން) އިލިބެންހުންނާނެ ކަމަށެވެ. މީގެ އިތުރުން އެސްޓީއޯގެ ވެބްސައިޓް އިންވެސް ޑައުންލޯޑް ކުރެވޭނެކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ. އަދި އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މަކިޓާ ހޮޓްލައިން 7980249 އަށް ގުޅުމަށް ވެސް އެސްޓީއޯއިން ވަނީ ބުނެފައިވެއެވެ.
އެސްޓީއޯއިން ބުނީ ފޯމް ހުށަހަޅާއިރު، އެޖެންޓަކަށް ވުމަށް އެދިލައްވާ ރަށުގެ ނަން ހިމެނުމުގެ އިތުރުން ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެ ކަމަށެވެ.
ގުޅުންހުރި
އެސްޓީއޯ އާއި ހުޅުމާލެ ހޮސްޕިޓަލް ގުޅިގެން ހަކުރު ބައްޔާމެދު ހޭލުންތެރި ކުރުވައިފި
ބޮޑެތި ޑިސްކައުންޓުތަކާއެކު އެސްޓީއޯގެ ވެއާހައުސް ސޭލް ފަށައިފި
ތިންވަނަ ކުއާޓަރުގައި އެސްޓީއޯގެ ވިޔަފާރިތައް ރަނގަޅުވެ، ސާފު ފައިދާގެ ގޮތުގައި 156
ވިޓޯލްއާ ގުޅިގެން ލަގްޒަރީ އަދި ބޮޑެތި ފައިދާ ލިބޭނެ އުޅަނދުތަކަށް ހިދުމަތްދޭނަން:
ބަންކަރިން ހިދުމަތް ފަށަން ފުރިހަމައަށް ތައްޔާރު، މިހާރުވެސް ބުކިންތައް ދަނީ ލިބެމުން:
ގައުމީ ދުވަހާއި ގުޅުވައިގެން ”ނިޕޯން ޕެއިންޓް“ގެ ހާއްސަ ޕްރޮމޯޝަނެއް