ގުޅިފަޅު ހިއްކުމަށް ހެދި އެގްރީމަންޓަކީ ރާއްޖެއަށް ހެޔޮއެދޭ ބަޔަކު ކުރާނެ ކަހަލަ އެގްރިމަންޓެއް ނޫން ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ ގުޅިފަޅު ހިއްކުން ހުއްޓުވަން ހައިކޯޓުން އަމުރު ނެރުނީ ސަރުކާރުން ބޭނުންވެގެން ކަމަށް ބުނެ، ބައެއް ފަރާތްތަކުން ވާހަކަދެއްކި ކަމަށެވެ. އަދި އެފަދަ ފަރާތްތަކަކީ ދައުލަތަށް ގެއްލުންވާގޮތަށް އެގްރީމެންޓް ހެދި ފަރާތްތައް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު މުއްތަލިބު މިފަދައިން ވިދާޅުވިއިރު، ގުޅިފަޅު ހިއްކުން ހުއްޓުވާފައި އޮންނަ ކޮންމެ ދުވަހަކަށް ތިން ލަކައެއްހާ ޑޮލަރު މަސައްކަތް ކުރާ ކުންފުންޏަށް ސަރުކާރުން ދައްކަންޖެހޭނެ ކަމަށް ޕްލޭނިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވަނީ ވިދާޅުވެފައެވެ.
އަކްރަމް ވިދާޅުވީ ހައިކޯޓުން އެފަދަ އަމުރެއް ނެރުނީ މި ސަރުކާރުގެ ނާގާބިލް ކަމުން ކަމަށެވެ.
ގުޅިފަޅު ހިއްކުން ހުއްޓާލަން ހައިކޯޓުން އަމުރު ނެރުނީ އެ މަސައްކަތުގެ 90 ޕަސެންޓް މަސައްކަތް ނިމިފައި ވަނިކޮށެވެ. ހުމައިދާ އަބްދުލްޣަފޫރު ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ގުޅިފަޅު ހިއްކުމުން ތިމާވެއްޓަށް ގެއްލުންވާ ކަމަށް ބުނެއެވެ.
ސުޕްރީމް ކޯޓުން މިއަދު ވަނީ ގުޅިފަޅު ހިއްކުން ހުއްޓުވަން ހައިކޯޓުން ނެރުނު އަމުރަށް އަމަލުކުރުން ފަސްކުރަން ވަގުތީ އަމުރެއް ނެރެފައެވެ.




ގުޅުންހުރި
އެމްޑީޕީއަކީ މިހާރު މުސްކުޅި ޕާޓީއެއް، އެ ޕާޓީން ވިއްކާ ސިޔާސަތުތަކެއް މިހާރު
ޗާގޯސް މައްސަލައިގައި ރާއްޖެއިން އަމަލުކުރަނީ ޔޫކޭ އާއި އެމެރިކާއިން އެދޭ ގޮތަށް:
ޕާކިސްތާނުގެ މިސްކިތެއްގައި ބޮމެއް ގޮއްވާލައި 30 އަށްވުރެ ގިނަ މީހުން މަރާލައިފި
ލޭ ހަދިޔާކުރުމަކީ ދެމިގެންވާ ސަދަގާތެއް، ސަވާބު ލިބިލިބި ހުންނާނެ ކަމެއް: ހުތުބާ
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއެއް ސްކޭމްގެ މައްސަލައެއްގައި ހައްޔަރުކޮށްފި
ކުޅުންތެރީންނަށް ހާއްސަ ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދޭން ފަށައިފި