އިންޑިއާގެ ޓަމިލް ނާޑޫގައި ކަފަ ލޮލީ ވިއްކުން މަނާކޮށްފި އެވެ.
ޓަމިލް ނާޑޫގައި ކަފަ ލޮލީ ވިއްކުން މަނާ މިކުރީ އޭގައި ކެންސަރު ޖެހުމަށް މަގުފަހިވާ ކެމިކަލްތަކެއް ހުރި ކަމަށް ފުޓް ސޭފްޓީ އޮފިޝަލުންތަކެއް ކަށަވަރު ކޮށްދިންތާ ދެ ދުވަސް ފަހުންނެވެ.
ޓަމިލް ނާޑޫގެ ގުއިންޑީގައި ހުންނަ ސަރުކާރުގެ ފުޑް އެނަލެސިސް ލެބޯޓަރީން ކަފަ ލޮލީތަކަކުން ނެގި ސާމްޕަލްތަކަކުން އެނގުނު ގޮތުގައި ކަފަ ލޮލީ ހެދުމަށް ހެދުމުގައި ކުލަ ޖެއްސުމަށް ބޭނުންކުރާ ކެމިކަލް އާއި ކެމިކަލް މާއްދާއެއް ކަމަށްވާ ރެޑޯމައިން-ބީ ވަނީ ފެނިފަ އެވެ.
ޓަމިލް ނާޑޫގައި ކަފަ ލޮލީ ވިއްކުން މަނާކުރި އިރު، މިދިޔަ މަހުގެ ތެރޭގައި ޕޮންޑިޗެރީގައިވެސް ކަފަ ލޮލީ ވިއްކުން ވަނީ މަނާކޮށްފަ އެވެ.



