ގައުމުގެ މިސްރާބު ހުރީ ފުން އަނދަވަޅަކާ ދިމާލަށް ކަމަށާއި ވެރިކަން ކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން ލޯމަރާލައިގެން މިއަދު ހުރެވެން ނެތް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ރައްޔިތުންގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ހިންނަވަރު ދާއިރާއަށް ވާދަކުރައްވާ، އެ ދާއިރާގެ މިހާރުގެ ވެސް މެމްބަރު ޖީހާން މަހުމޫދަށް ތާއީދު ހޯއްދަވަން ރޭ ހިންނަވަރުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ސޯލިހު ވިދާޅުވީ އެމްޑީޕީއަށް އިންތިހާބު ނާކާމިޔާބުވީ، މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުން ދެއްކެވި ވާހަކަތަކާއި ހެދި ދޮގުތަކާއި އޮޅުވާލުމާއި ނަފުރަތުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑަށް މަންޒަރު އޮޅިގެން ކަމަށެވެ.
ނަމަވެސް މިއަދު މުޅި ރާއްޖޭގެ އެކި ރަށްރަށުންނާއި އެކި ކަންކޮޅުތަކުން އެކަމާ ދޭތެރޭގައި ފުންކޮށް ވިސްނަމުންދާ ކަމަށާއި އެ ނިންމުމާ ދޭތެރޭ ދެރަވެ ކަންބޮޑުވެ، ކުރެވުނީ ގޯސްކަމެއްކަން ރައްޔިތުންނަށް އިހުސާސްވާން ފަށައިފި ކަމަށް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ވޭތުވެދިޔަ 25 އަހަރު ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރެއްވި އަދި ރާއްޖޭގެ ވެރިކަން ފަސް އަހަރު ދުވަހު ކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން ގައުމު މިހާރު މިދާ މިސްރާބުގެ ސަބަބުން ލޯމަރާލައިގެން ހުރެވެން ނެތް ކަމަށެވެ.
”ވެރިކަން ކުރެވުނު މީހެއްގެ ހައިސިއްޔަތުން އަޅުގަނޑަކަށް މިއަދު ނެތް އެކަން ލޯމަރާލައިގެން ބަލަހައްޓައިގެން ކެތްކުރެވޭކަށެއް. ގައުމު މިދާ މިސްރާބު ރަނގަޅެއް ނޫން. އަޅުގަނޑުމެން އެކީގައި އެތައް މަސައްކަތްތަކެއް ނުކޮށްފިނަމަ މި ގައުމު ގޮސް ވެއްޓޭނެ އަނދަވަޅު ވަރަށް ސާފުކޮށް މިއަދު އަޅުގަނޑުމެންނަށް އެބަ ފެނޭ. އޭރުވެސް ހެދީ ދޮގު މިއަދުވެސް ހަދަމުންދަނީ ދޮގު އޭރުވެސް ވަނީ ވައުދު މިއަދުވެސް ވަނީ އިތުރަށް ވައުދު. ކަމެއް އަނެއްހެން ކުރެވޭތަނެއް އަޅުގަނޑުމެންނަށް އަދިއެއް ނުފެނެ،“ ސޯލިހު ވިދާޅުވި އެވެ.


ގުޅުންހުރި
އަދީބު އަތުން ލިބުނީ ދައުލަތް ލޫޓުވައިގެން ހޯދި ފައިސާކަމެއް އެ ލިބުނު
ފާޑުކިޔާ މީހުންނަށް ގާސިމުގެ ރައްދު: ރައީސްގެ ރިޔާސީ ބަޔާނުން ނިޔަތް ރަނގަޅުކަން
ރައްޔިތުން ވަރުބަލިވެއްޖެ، ދެން މަސައްކަތް ކުރާނީ ސަރުކާރު ބަދަލުކުރަން: ފައްޔާޒު
އެމްޑީޕީން އުޅެނީ ވެރިކަމުން ބޭލީމާ ހަޖަމު ނުވެގެން، ދެންވެސް ބަލިކުރާނަން: ޝުޖާއު
ކުރީގެ ފަސްޓްލޭޑީ ފަޒްނާގެ މަންމާފުޅު އަވަހާރަވެއްޖެ
އަބްދުއްރަހީމާއި ފައިސަލަށް ހަމްދަރުދީއެއް ނެތް، ކުރިކަމެއްގެ އަޖަލު އެ މީހަކާ ބައްދަލުކުރާނެ: