މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަތޮޅުތެރޭގެ ސުކޫލުތަކަށް އަމާޒުކޮށް ލެކްޗާ ސީރީސްތައް ފަށައިފި އެވެ.
ސްކޫލް ދަރިވަރުންނަށް އަމާޒުކޮށް މިފަދަ ލެކްޗާ ޕްރޮގްރާމުތައް މީގެ ކުރީން މާލޭގައި ކުރިއަށް ގެންދިޔަ އެވެ.
އެމްއެމްއޭ އިން ބުނީ، ރަށްރަށުގެ ސްކޫލްތަކަށް އެ އޮތޯރިޓީގެ ފަރާތުން ގޮސްގެން ސެޝަންތައް ކުރިއަށް ގެންދަން ނިންމީ މާލޭގައި ބޭއްވި އެފަދަ ޕްރޮގްރާމުތަކުގައި ރަށްރަށުގެ ސްކޫލްތަކުން ބައިވެރިވުމުގައި ދަތިތަކެއް ހުރިކަން ފާހަގަވުމުން ކަމަށެވެ.
އެގޮތުން އެ ލެކްޗާ ސީރީސްގައި އެ އޮތޯރިޓީން ފުރަތަމަ ގޮސްފައިވަނީ ޏ. ފުވައްމުލަކަށެވެ. ފުވައްމުލަކު އަތޮޅު ތައުލީމީ މަރުކަޒުގައި އެމްއެމްއޭ އިން ކުރިއަށް ގެންދިޔަ އެ ސެޝަންގައި އެ ސްކޫލުގެ ސާނަވީ ގްރޭޑްތަކުގެ ބައެއް ދަރިވަރުން ބައިވެރިވި އެވެ.
އެމްއެމްއޭ ލެކްޗާ ސީރީސްގެ ފުރަތަމަ ސެޝަންގައި ގަވަރުނަރު އަލީ ހާޝިމް ވެސް ބައިވެރިވެވަޑައިގެން، އޭނާގެ ތަޖުރިބާ ދަރިވަރުންނާ ހިއްސާކޮށް ދަރިވަރުންގެ ފަރާތުން ގަވަރުނަރަށް ހުށަހެޅުނު އެކި ސުވާލުތަކަށް ޖަވާބު ދެއްވާފައިވެ އެވެ.
އެމްއެމްއޭ އިން ބުނީ، ލެކްޗާ ސީރީސްގައި ދަރިވަރުންނަށް މައުލޫމާތު ދިން ބައިތަކުގެ ތެރޭގައި ރާއްޖޭގެ އިގުތިސާދީ އަދި މާލީ ދާއިރާގެ އިތުރުން މާލީ ހޭލުންތެރިކަމާއި ފަހަށް ރައްކާކުރުމުގެ މުހިންމުކަމާ ގުޅޭ ގޮތުން މައުލޫމާތު ދީފައިވާނެ ކަމަށެވެ.




ގުޅުންހުރި
އެންމެ މަގުބޫލް ފަތުރުވެރިކަމުގެ މަންޒިލްގެ އެވޯޑް ހަވަނަ ފަހަރަށް ރާއްޖެއަށް
ތިނަދުއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެ ގޭގެއަށް ގެއްލުން ވެއްޖެ
ވޭޕް ވިއްކަމުންދިޔަ ބަޔަކު ހޯދައި، ވޭޕް ވިއްކަން ބޭނުންކުރާ ފޭސްބުކް ޕޭޖެއް
ކުރީގެ ރައީސުންގެ އޮފީސް ހަރަދު ކަނޑާލައިފި، ރާއްޖެއިން ބޭރުގައި ދިރިއުޅޭނަމަ ހިމާޔަތެއް
ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ބިލު ތަސްދީގު
ރައީސް މާދަމާ ރޭ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ