ސެޕްޓެމްބަރ 23, 2024

އެޗްޑީސީގެ ޗެއާމަނަކަށް ޒުހޫރު

އެޗްޑީސީގެ ޗެއާމަން ކަމަށް އަހުމަދު ޒުހޫރު ހަމަޖައްސައިފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑުން މިއަދު ބުނީ، އޭނާ އެ މަގާމަށް އައްޔަންކުރެއްވީ މިއަދު ކަމަށެވެ.

ޒުހޫރު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވައިފަ އެވެ. އެގޮތުނ ފުރުއްވި މަގާމުތަކުގެ ތެރޭގައި:

  • ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމު
  • ޔޫތު މިނިސްޓަރުގެ މަގާމު
  • ހެލްތު މިނިސްޓަރުގެ މަގާމު
  • ހޯމް މިނިސްޓަރުކަން ކުޑަ ދުވަސްކޮޅަކަށް ކުރެއްވި
  • ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމު
  • ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު
  • އިކޮނޮމިކް ކައުންސިލްގެ ޗެއާގެ މަގާމު

އެޗްޑީސީގެ ބޯޑުގެ ޗެއާގެ އިތުުރުން އެ ކުންފުނީގެ ބޯޑުގައި 8 ބޭފުޅުން ތިއްބަވާއިރު، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވީ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ފަޒުލް ރަޝީދެވެ. އޭނާއަކީ ރައީސް ޔާމީންގެ ސަރުކާރުގެ އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރެވެ.