ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ހެއްދެވީ ދޮގު ކަމަށާއި މިއަދުވެސް ހައްދަވަމުން ގެންދަވަނީ ދޮގު ކަމަށާއި ވަގުތު ދިން ވަރަކަށް ހައްދަވާނީ ދޮގު ކަމަށް ވިދާޅުވެ، އެ މަނިކުފާނަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު އެހެން ވިދާޅުވީ، އެމްޑީޕީގެ ޓިކެޓުގައި ތިމަރަފުށި ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް، ކުރީގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުުހުﷲ ޖަމީލުގެ މާލެ ޖަގަހަ ހުޅުވުމަށް ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ، އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބު މިހާރު މި އޮތް ސަރުކާރަށް ކާމިޔާބުވީ ކިހިނެތްކަން ރައްޔިތުންނަށް އެނގި ހާމަވަމުންދާ ކަމަށެވެ.
އެގޮތުން ދޮގާއި އޮޅުވާލުމާއި ފިތުނައާއި ނަފުރަތާއި މީހުންގެ އަގު ވައްޓާލުމާއި ތެދެއް ހަގީގަތެއް ނެތް އެތައް ވާހަކައެއް ރައްޔިތުން ކައިރީގައި ދައްކައިގެން ވެރިކަމަށް އާދެވުނުއިރު، އެކަން ބަދަލުކުރަން ރައްޔިތުން މިއަދު ބޭނުންވާ ކަމަށް ވިދާޅުވި އެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަކީ މުހިންމު މަޖިލީހެއްކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ކަމެއް މިއަދު އޮތީ މިސްރާބުން ކައްސާލާފައި ކަމަށެވެ. އަދި ސަރުކާރު ހަމަ މަގަށް ނާޅައި ކުރިއަށްދާން ފުރުސަތު ދޭ ކަމަށްވާނަމަ، ގައުމު ގޮސް ވެއްޓޭނީ ކޮން އަނދަވަޅަކަށް ކަމެއް ނޭނގޭ ކަމަށް ވިދާޅުވި އެވެ.
”މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަން ހެއްދެވި ދޮގު، މިއަދުވެސް ހަދަނީ، އިތުރަށް ވަގުތު ދިން ވަރަކަށް ދޮގު ހައްދަވާނެ. އެކަން ހުއްޓުވަންޖެހޭ ކަމަށް،“ ރައީސް ސޯލިހު ވިދާޅުވި އެވެ.

ގުޅުންހުރި
އީދު ދުވަހު މޯލްޑިވް ގޭސް ބަންދުވާނެ، ނަމަވެސް ހުސްފުޅި ގެނައުމުން ގޭސް
މާލެ ސަރަހައްދުގެ 4 ތަނެއްގައި 3 ދުވަސް ވަންދެން ކުލަގަދަކޮށް އީދު
އަވަށްޓެރި ގައުމުތަކުގައި ޗިކުންގުންޔާ ފެތުރޭތީ އެ ގައުމުތަކަށް ދަތުރުކުރާއިރު ސަމާލުވާން އެދިއްޖެ
ހަފުތާއެއް ތެރޭ ސްކޭމްތަކުން 673،000 ރ. ފޭރިއްޖެ، ފުލުހުންނަށް ހޯދުނީ އޭގެ
ހަ ހަފުތާ ތެރޭ 62 މީހަކަށް ކޮވިޑް ޖެހިއްޖެ
އީދު ދުވަހު ހަވީރު މާލެއާއި ހުޅުމާލޭގައި ވެހިކަލް ދުއްވުން މަނާ