ޕާޓީ ބަދަލުކުރާ މެމްބަރުން މަޖިލިސް މެމްބަރުކަމުން ވަކިކުރެވޭ ބިލެއް އިދިކޮޅު އެމްޑީޕީން ހުށަހަޅައިފިއެވެ.
މިއަދު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވަނީ އެ ބިލްގައިވާ މުހިންމު ކަންތައްތަކުގެ ތަފްސީލު ހިއްސާ ކުރައްވާފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެސް އެފަދަ ގާނޫނެއް ވުޖޫދަށް ނެގައެވެ. ނަމަވެސް އެ ގާނޫނު އެކުލަވާލާފައި ވަނީ ސިޔާސީ ޕާޓީތަކަށް ނާޖާއިޒު ފައިދާ ނެގޭ ގޮތަށެވެ.
އެއާ ޚިލާފަށް މިހާރު ހުށަހަޅާފައިވާ ބިލްގައިވާގޮތުން ސިޔާސީ ޕާޓީއަކުން އެ މެމްބަރަކު ވަކިކޮށްފިނަމަ، އެ މެމްބަރަކު މަޖިލިސް މެމްބަރެއްގެ ގޮތުގައި ބަހައްޓަން ރައްޔިތުންނަށް ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ވޯޓެއް ނެގުން ލާޒިމްވާނެއެވެ. އަދި އެ ވޯޓުން އެ މެމްބަރު އިތުރަށް ބަހައްޓަން ނުފެންނަ ކަމަށް ރައްޔިތުން ނިންމައިފިނަމަ، އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް އެ ބިލްގައި ވަނީ ހިމަނާފައެވެ.
މީގެއިތުރުން އަމިއްލަ އަށް ސިޔާސީ ޕާޓީން ވަކިވެއްޖެނަމަ، އެފަދަ މެމްބަރަކު މަޖިލިސް މެމްބަރުކަމުން އިސްތިއުފާ ދެއްވަންޖެހޭނެ ކަމަށް ވެސް އެ ބިލްގައި ހިމަނާފައިވެއެވެ.
”ސިޔާސީ ޕާޓީތަކުގެ މައްޗަށް މެންބަރުންގެ ފުލް ކޮންޓްރޯލް ނޯންނަ ގޮތަކަށް ނަމަވެސް ރައްޔިތުންގެ މި ކަންބޮޑުވުމަށް ވެސް އަޅުގަނޑުމެންނަށް އެޑްރެސް ކުރެވޭ ގޮތަށް މިހާރު މި ބިލް ފަރުމާ ކުރެވިފައި މި އޮތީ،“ ހިސާން ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ އެ ބިލް އެޖެންޑާ ކުރުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް ނުދެއްްވައެވެ.

ގުޅުންހުރި
ފުވައްމުލަކާއި އައްޑޫގައި ނުރައްކާތެރި ދެ އެކްސިޑެންޓް އިއްޔެ ހިނގައިފި
ކައުންސިލު އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގެ ބޮޑު ޕަސަންޓެއް ޒުވާނުންނަށް
ހަ މަސްތެރޭ ޕީއެންސީން 300 މެންބަރުން ވަކިވި!
އިންވެސްޓްކުރާ މަހުޖަނުންނަށް ރާއްޖޭގައި ދިރިއުޅެން އަގުބޮޑު ގެ އާއި ލުއިތައް ހޯދައި
ރާއްޖޭގައި ޓޫރިސްޓުން ހޭދަކުރާ ދުވަހުގެ އަދަދު 12 ޕަސެންޓު ދަށަށް
އިންވެސްޓްކުރާ މަހުޖަނުންނަށް ރާއްޖޭގައި ދިރިއުޅެވޭ ގޮތް ހެދުމުގެ މަޝްރޫއެއް ފަށައިފި