މާތް ﷲ އެއްކަައުވަންތަ ކުރުމަކީ އެންމެ މަތިވެރި އަދި އެންމެ މާތް އަސްލު ކަމަށާއި ތައުހީދުގެ ސަބަބުން އަމަން އަމާންކަމާއި ހިދާޔަތު ލިބި ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބިިދޭ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
’ނަބަވީ ސުންނަތާއި ތައުހީދު‘ މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، ކީރިތި ރަސޫލާ ތައުހީދަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވި ކަމަށާއި އެންމެ ފުރިހަމަ ގޮތުގައި ތައުހީދުގެ ހުރިހާ ބައިތަކެއް ހިމާޔަތް ކުރެއްވި ކަމަށެވެ. އަދި އެކަލޭގެފާނުގެ ކުރިން ފޮނުއްވުނު ނަބީބޭކަލުން އަމަލު ކުރެއްވި އެފަދައިން، ކީރިތި ރަސޫލާގެ ދައުވަތުގެ ފުރިހަމަ ޝިއާރަކީވެސް މާތް ﷲ އެއްކައުވަންތަ ކުރުން ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ، މާތް ﷲ އިންސީންނާއި ޖިންނީން ހައްދަވާފައިވަނީ އެކަލާނގެ އެއްކައުވަންތަކޮށް ހަމައެކަނި އެކަލާނގެއަށް އަޅުކަން ކުރުމަށް ކަމަށާއި ހަލްގު ކުރައްވައި މުޅި ކައުނުގައި ލައްވާފައިވާ ތަކެތި އެކަލާނގެ އެއްކައުވަންތަކަމަށް ހެކިދޭ ކަމަށެވެ.
އުޑާއި ބިން އުފެއްދެވުމާއި ރޭގަނޑާއި ދުވާލު ތަފާތު ކުރެއްވުމާއި ގަސްގަހާގެއްސާއި މޭވާތަކާއި އިންސާނުންނާއި ޖަނަވާރުތައް ހައްލު ކުރެއްވުން އެ ތަކެތި ހެއްދެވި ފަރާތެއްވާކަން ދަލީލު ކޮށްދޭއިރު، މަހުލޫގުން ތަފާތުވުމާއި އެތަކެތި ކިޔަމަން ކުރައްވާފައިވާ ގޮތާއި އުފެއްދެވުމުގެ ފުރިހަމަކަން ހައްލުތަކުން ހައްލު ކުރެއްވި ހާލިގަކުވާކަން ދަލީލުކޮށްދޭ ކަމަށްވެސް ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ، އިސްލާމް ދީނުގެ އަސާސަކީ ތައުހީދު ކަމަށާއި އެ ދީނަކީ އަޒީޒުވަންތަ ހަކީމުވަންތަ ރަސްކަލާނގެ، އެކަލާނގެ އަޅުތަކުންނަށް ޝަރުއު ކުރައްވާފައިވާ ހަމައެކަނި ދީން ކަމަށެވެ. އަދި އެކަލާނގެ ގަބޫލު ކުރައްވާ ހަމައެކަނި ދީނަކީ އިސްލާމް ދީން ކަމަށްވެސް ބުންޏެވެ.




ގުޅުންހުރި
އުފާވެރިކަން އައިސް އަތުގައި ހިފީއެވެ
ތި ހެދީ ދޮގެއް – އަދިވެސް ދޮގުހަދާނަން؟
ތައުބާވުމަކީ ތަގުވާވެރިކަމުގެ މަތީގައި ދެމިހުރުމަށް މަގުފަހިވާނެ ކަމެއް: ހުތުބާ
ލޭ ހަދިޔާކުރުމަކީ ދެމިގެންވާ ސަދަގާތެއް، ސަވާބު ލިބިލިބި ހުންނާނެ ކަމެއް: ހުތުބާ
މިއީ މަތިވެރި ދަރުމަ ލިބުމުގެ އިތުރަށް ރޯދައަށް ތައްޔާރުވާންވީ މަސް: ހުތުބާ
އިސްރާއާއި މިއުރާޖުގެ ދަތުރުފުޅުން އެނގެނީ ކޮންމެ އުދަނގޫ ކަމަކާއެކު ފަސޭހަކަމެއް ވާނޭކަން