އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ޢުދްވާނުގެ ތެރެއިން ފަލަސްތީންގެ ކުރީގެ ރައީސް އައްސައްޔިދު ޔާސިރު އަރަފާތު ދިރިއުޅުއްވި ގެކޮޅަށް ބޮން އަޅައިފި އެވެ.
އިޒްރޭލުގެ ޓޭންކުތަކުން ބޮން އެޅި ގެކޮޅަކީ ރައީސް އަރަފާތު ހުޅަނގު އައްސޭރީގެ ރާމަﷲ އަށް ވަޑައިގަތުމުގެ ކުރިން 1995 އިން 2001 ވަނަ އަހަރާ ދެމެދު ދިރިއުޅުއްވި ގެކޮޅެވެ. ފަލަސްތީނުގެ ތާރީހުގައި މުހިންމު ތަނެއްގެ ގޮތުގައި ބަލާ އެ ގެކޮޅު ފަހުން ބޭނުން ކުރަމުން އައީ ޒިޔާރަތެއްގެ ގޮތުގަ އެވެ.
ފަލަސްތީންގެ ސަގާފަތާބެހޭ މިނިސްޓްރީއާ ހަވާލާދީ ހަބަރުތައް ބުނާ ގޮތުގައި ރައީސް އަރަފާތުގެ ގެކޮޅަށް ބޮންއެޅުމުގެ ސަބަބުން އެ ގޭގައި ހުރި ރައީސް އަރަފާތާއި އެ މަނިކުފާނުގެ އާއިލާއަށް ނިސްބަތްވާ އެތަނެއް އެއްޗެއް ވީރާނާވެފައިވާ ކަމަށެވެ. އަދި އިޒްރޭލުގެ އެ ހަމަލާއަކީ ފަލަސްތީން ރައްޔިތުންގެ ކަރާމާތާއި ތަހައްމަލުގެ ރަމްޒެއް ފޮހެލުމަށް ދިން ހަމަލާއެއް ކަމަށްވެސް ބުނެފައިވެ އެވެ.
މިކަމާ ގުޅިގެން އިޒްރޭލުގެ އަސްކަރިއްޔާއަކުން އަދި އެއްޗެއް ނުބުނެ އެވެ.
ފަލަސްތީނު ރައްޔިތުންގެ ލީޑަރެއްގެ ގޮތުގައި ޔާސިރު އަރަފާތު ނުކުމެވަޑައިގަތީ ހުޅަނގުގެ ބާރުތަކުން 1948 ވަނަ އަހަރު ”އިސްރާއީލޭ“ ކިޔުނު ދައުލަތެއް ފަލަސްތީނުގެ ބިމުގައި އިންދި ހިސާބުން އެކަމާ ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން ފެށި ވަރުގަދަ ޖިހާދުގެ ތެރެއިންނެވެ.
ރާމަﷲ ގައި ހުންނަ ފަތުހު ޖަމާއަތުގެ ހެޑްކުއާޓަރުގައި އިސްރާއީލުގެ ހިސާރުގައި ދެ އަހަރެއްހާ ދުވަހު ހުންނެވި ފަހުން ސިއްހީ ހާލުކޮޅު ވަރަށް ދަށްވެ ޔާސިރު އަރަފާތު އަވަހާރަވެފައި ވަނީ ޕެރިހުގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ގެންދަނިކޮށް 11 ނޮވެމްބަރު 2004 ގައެވެ. އަވަހާރަވި އިރު، އުމުރުފުޅަކީ 75 އަހަރެވެ.
ފަލަސްތީނުން ތުހުމަތު ކުރަމުންދަނީ ޔާސިރު އަރަފާތު އަވަހާރަވީ، ރާމަﷲގައި އިސްރާއީލުގެ ހިސާރުގައި ހުންނެވި ދުވަސްވަރު އަރަފާތުގެ ފަރީއްކުޅުއްވާ ކާބޯތަކެއްޗަށް އިސްރާއީލުން ވިހަލުމުގެ ސަބަބުން ކަމަށެވެ.




ގުޅުންހުރި
މާރާމާރީ ހިންގި މައްސަލައެއްގައި އަނެއްކާވެސް ފުލުހަކު ހައްޔަރަށް
ދޯންޏެއްގައި އެކަނި ދަތުރަކަށް ނުކުމެ އުޅުނު މީހަކު ކަނޑުވެފައި ވަނިކޮށް ސަލާމަތްކޮށްފި
ބޭސްފަރުވާގެ އެހީގެ ގޮތުގައި މިދިޔަ މަހު 35 މިލިއަން ރުފިޔާ ދިނިން:
ހައްލު ނުލިބެނީސް، ބޮޑުކަންނެލީގެ މަސްވެރިން ތިބީ އިހުތިޖާޖު ހުއްޓާލާ ގޮތަކަށް ނޫން!
އެސްޓީއޯ ރަމަޒާން ބާޒާރު ޕްރޮމޯޝަން ފަށައިފި، ބޮޑު އިނާމަކަށް އެއް ލައްކަ
ބުރިޖުގެ މަރާމާތުގެ މަސައްކަތަކަށް މިރޭ 11:45 އިން ފެށިގެން އެއް ލޭނު