ހއ. ދިއްދޫގައި އާ ހޮސްޕިޓަލެއް އަޅުވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި އިރު، އެ މަޝްރޫއުއަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބަޔަކާ ހަވާލުކޮށްފައި އޮތް މަޝްރޫއެކެވެ.
އުތުރުގެ ހަތަރު އަތޮޅަކަށް ކުރައްވާ ދަތުރުފުޅުގައި ދިއްދުއަށް މިއަދު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް ވަނީ ދިއްދޫ ރައްޔިތުންނާއި މުޅި އަތޮޅަށްވެސް ފައިދާ ފެންވަރުގެ ރަނގަޅު އަދި ގިނަ ހިދުމަތްތަކެއް ލިބޭ ހޮސްޕިޓަލެއް އެ ރަށުގައި އަޅައިދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް ދިއްދޫގައި އާ ހޮސްޕިޓަލެއް އަޅަން 30 މެއި 2022 ގައި ވަނީ ހަވާލުކޮށްފަ އެވެ.
އިންޑިއަން އެގްޒިމް ބޭންކުގެ ބަޔާސް ކްރެޑިޓް ސްކީމުގެ ދަށުން އެ މަސައްކަތް ހަވާލުކުރީ ޓެލެކޮމިއުނިކޭޝަން ކޮންސަލްޓަންސް އިންޑިއާ ލިމިޓެޑާ (ޓީސީއައިއެލް) ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ. ޑިޒައިން ކުރުމާއި އިމާރާތް ކުރުން ހިމެނޭ ގޮތަށް ހަވާލުކުރި އެ މަޝްރޫއުގެ ދަށުން ދިއްދޫގައި ހަދާނީ 50 އެނދުގެ ހޮސްޕިޓަލެކެވެ.
މި އަހަރަށް ފާސްކުރި ބަޖެޓުގައިވާ ގޮތުގައި ދިއްދޫ އާ ހޮސްޕިޓަލް އިމާރާތުގެ މަސައްކަތަށް 303،428ރ. ވަނީ ކަނޑައަޅައިފަ އެވެ.

ގުޅުންހުރި
ހައްޖުވެރިންގެ ސިއްހީ ކުޅަދާނަކަމާ ބެހޭ ސާކިއުލާގައި ވަނީ އާ އުސޫލެއް ނޫން:
ހަންކެޑެގެ ސައިޒު 11.78 ހެކްޓަރަށް ބޮޑުކޮށް، އަލުން ޓޫރިޒަމަށް ހުޅުވާލައިފި
ރައީސް މުއިއްޒުގެ ވެރިކަމަކީ މިހާތަނަށް ރާއްޖެ ދެކޭނެ އެންމެ ކާމިޔާބު ވެރިކަން:
އިންޓަނޭޝަނަލް ފެންވަރަށް ކައްދޫ އެއާޕޯޓު ތަރައްގީކުރަން ހަވާލުކޮށްފި، 2028 އަށް ނިންމަނީ
އިދިކޮޅުން ތިބީ ބަނގުރޫޓު ވެދާނެ ކަމަށް އަތްޖަހަން ތައްޔާރަށް، ވެރިކަމަށް ފޫގަޅައިގެން:
ރައީސް ސާފުކޮށްދެއްވީ އައްޑޫން ވަކި ކައުންސިލުތައް ހެދުމުން ލިބޭނެ ފައިދާތައް