މާލެ ސަރަހައްދުގެ ސިއްހީ ނިޒާމު ވަރުގަދަ ކުރުމަކީ ސަރުކާރުން ވަރަށް އިސްކަންދޭ ކަމެއް ކަމަށާއި އެކަމުގެ ނަތީޖާ ވަރަށް އަވަހަށް ފެންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ސިލްސިލާކޮށް ގެނެސްދޭ ”ރައީސްގެ ޖަވާބު“ ޕްރޮގްރާމުގައި ހުޅުމާލޭގައި ދިރިއުޅޭ މީހަކު ވަނީ ހުޅުމާލެ ހޮސްޕިޓަލުން ލިބޭ ހިދުމަތްތަކުގެ ޝަކުވާކޮށް، އެކަމަށް އޮތް ހައްލަކީ ކޮބައިތޯ ރައީސްއާ ސުވާލުކޮށްފަ އެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، މާލެ ސަރަހައްދުގެ ސިއްހީ ހިދުމަތް ރަނގަޅު ކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށާއި އެކަމުގެ ނަތީޖާ ފެންނަމުންދާނެ ކަމަށެވެ. އަދި ހުޅުމާލެ ފޭސް އެކަކާއި ދޭއްގައި އެއްކޮށް، ލައްކައެއްހާ މީހުން ދިރިއުޅެމުންދާއިރު، ހުޅުމާލެ ހޮސްޕިޓަލުގެ ފެންވަރު ވަރަށް ބޮޑުތަނުން ރަނގަޅު ކުރަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
”އިތުރު ހޮސްޕިޓަލެއްވެސް އަޅަން ޖެހޭނެ. އެހެންވީމަ މި މަސައްކަތްތައް އަޅުގަނޑުމެން ކުރިއަށް ގެންދާނަން. ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް، އަދި ޖުމުލަކޮށް މާލެ ސިޓީގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް އެންމެ ރަނގަޅު ފެންވަރުގައި ސިއްހީ ހިދުމަތް ރަނގަޅު ކުރުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާކަން ދަންނަވާލަން،“ ރައީސް ވިދާޅުވި އެވެ.




ގުޅުންހުރި
ކައުންސިލް އިންތިޚާބު އޮބްޒާވުކުރަން ބޭނުންވާ ބޭރުގެ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފި
ދައުރު ނިމުމުގެ ކުރިން ގޯއްޗާއި ފުލެޓުތަކަށް ވަދެވޭނެ: މުއްތަލިބު
ބަންޑުން ޖަހާލި ދޯނިން ގެއްލުނު ދިވެހި މީހާ މަރުވެފައި އޮއްވައި ފެނިއްޖެ
ގޯއްޗާއި ފުލެޓަށް ކުރިމަތިލާން ހުޅުވާލައިފި
ވާދޫ ކައިރިއަށް ދޯންޏެއް ބަންޑުން ޖަހާލައި، ދެ މީހަކު ގެއްލިއްޖެ
ރިސޯޓެއްގެ ޑަސްބިނުން ފެނުނު ކުއްޖާގެ ޖަނާޒާ ބާއްވައިފި