ކުރިއަށް އޮތް ރައްޔިތުންެގެ މަޖިލީހުގެ އިންތިހާބުގައި ވ. ފެލިދޫ ދާއިރާއަށް އަމިއްލަ ގޮތުން ކުރިމަތިލައްވާފައިވާ، ކުރީގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރަށް ތާއީދުކުރަން އެމްޑީޕީން ނިންމައިފި އެވެ.
އަންނަ މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގައި، މަޖިލީހުގެ 93 ދާއިރާގެ ތެރެއިން އެމްޑީޕީން ވާދަކުރާނީ 89 ދާއިރާއަކަށެވެ. އެ ޕާޓީން ވާދަނުކުރަން ނިންމި ދާއިރާތަކަކީ: ވ. ފުލިދޫ ދާއިރާ، ތ. ގުރައިދޫ ދާއިރާ، ފ. ނިލަންދޫ ދާއިރާ އަދި ފުވައްމުލަކު އުތުރު ދާއިރާ އެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ޕާޓީން އަލީ ޒާހިރަށް ތާއީދު ކުރަން ނިންމާފައިވާތީ، ފެލިދޫ ދާއިރާގެ އެ ޕާޓީގެ މެންބަރުންނާއި ޕާޓީއަށް ތާއީދުކުރާ މީހުން އަލީ ޒާހިރަށް ތާއީދުކޮށް ވޯޓު ދިނުމަށް އެދޭ ކަމަށެވެ.
ފެލިދޫ ދާއިރާގައި ހިމެނެނީ ރާއްޖޭގެ އެންމެ އާބާދީ މަދު އަތޮޅުގެ ގޮތުގައި އޮތް ވ. އަތޮޅުގެ ތިން ރަށެކެވެ. އެއީ ފެލިދޫގެ އިތުރުން ފުލިދޫ އަދި ތިނަދޫ އެވެ.
ހިނގަމުންދާ 19 ވަނަ މަޖިލީހުގައި ފެލިދޫ ދާއިރާގެ ގޮނޑި ފުރުއްވީ ޕީއެންސީގެ ފަރާތުން ފަޒުލް ރަޝީދެވެ. އޭނާ އާބަންކޯގެ މެނޭޖިން ޑިރެކްޓަރު ކަމަށް އައްޔަން ކުރުމުން އެ ގޮނޑި ވަނީ ހުސްވެފަ އެވެ.



ގުޅުންހުރި
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް: ހަތަރުވަނަ މެޗުން ވެސް މޮޅެއް، ރާއްޖެ ޗެމްޕިއަންކަމާ
މާނުގެ މައްޗަށް ފަސް ދައުވާއެއް ސާބިތުނުވާ ކަމަށް ހުކުމްކޮށްފި
ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ބަހަން އަންނަ ހޮނިހިރު ދުވަހު
އެމްޕީއެލްގެ މުވައްޒަފަކަށް ފިޓް ޖެހިގެން ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެ
އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ރޯދަ ސޭލް ފަށައިފި
އަތޮޅުތަކުން މާލެއަށް 1530 ދަރިވަރުން ބަދަލުވެއްޖެ، ގިނައީ ހުޅުމާލެއަށް