މާލޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހަތަރު މީހަކަށް ހޮސްޕިޓަލްގައި ފަރުވާދެމުން އެބަދެއެވެ.
މިއަދު އިރުއޮއްސެން ކައިރިވެފައި ވަނިކޮށް އަލިފާނުގެ ހާދިސާ ހިނގީ ހ. ސަންގުރޭޒްގެ ފުރަތަމަ ފަންގިފިލާގަ އެވެ. އެމްއެންޑީއެފް އިން ބުނީ އަލިފާން ރޯވީ އަވަނެއް އޯވާ ހީޓްވެގެން ކަމަށެވެ.
އެމްއެންޑީއެފްއިން ބުނީ އަލިފާނުގެ ހާދިސާއާ ގުޅިގެން ބިދޭސީއަކު އެތަނުން ނިކުންނަން އުޅުމުގެ ތެރޭގައި ފައި ހަލާކުވެގެން އޭޑީކޭގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި ދުމުގެ އަސަރުކޮށްގެން ދުވަސްވީ ދެ މީހުންނަށް އެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ފަޔާ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ 06:23 ހާއިރުއެވެ.


