މާލޭ ސަރަހައްދުގެ މަގުތައް ތޮންޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ގިނަ ދުވަސްވީ ނުވަތަ ބާވެ, ދަނބަރަށް ވެފައި ހުރި ވެހިކަލްތައް ނައްތާލަން ފެށި މަސައްކަތުގެ ދަށުން މިހާތަނަށް 280 އަށްވުރެ ގިނަ ވެހިކަލް ނައްތާލާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
ބާ ވެހިކަލްތައް ނައްތާލުމުގެ މަސައްކަތް ޓްރާންސްޕޯޓް މިނިސްޓްރީ އާއި ފުލުހުން އަދި މާލެ ސިޓީ ކައުންސިލް ގުޅިގެން ފެށީ ހުސްވި ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ, މިދިޔަ ހަފުތާގެ ބުރާސްފަތި, ހުކުރު އަދި ހޮނިހިރު ދުވަހު އެކަނިވެސް 123 ވެހިކަލެއް ނައްތާލާފައިވާ ކަމަށެވެ.
އަދި އެ ޕްރޮގްރާމް ފެށި ފަހުން މިވީ ތިން ހަފުތާ ތެރޭގައި ޖުމުލަ 281 ވެހިކަލް ނައްތާލާފައިވާ ކަމަށް ބުންޏެވެ. ނައްތާލި ވެހިކަލްތަކުގެ ތެރޭގައި ކާރާއި ޕިކަޕުވެސް ހިމެނެ އެވެ.
ބާ ވެހިކަލް ނައްތާލުމުގެ ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމާފައިވަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބައިގައި ނައްތާލާނީ މާލޭގެ އެކި ހިސާބުތަކުގައި ޕާކުކޮށްފައި ހުރި ގިނަ ދުވަސްވެފައިވާ ވެހިކަލްތަކެވެ. ދެވަނަ ބައެއްގެ ގޮތުގައި އަމިއްލައަށް އެދިގެން އުޅަނދުތައް ނައްތާލަން ބޭނުންވާ މީހުނަށް އެ ފުރުސަތު ހުޅުވާލާނެ އެވެ.




ގުޅުންހުރި
ފުވައްމުލަކުގެ ޑުރަގް ބޮޑެއް 75 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
އެމްބިއުލާންސަށް ޖާގަ ނުދިން ޕިކަޕް ޑްރައިވަރު ޖޫރިމަނާކޮށް، ލައިސަންސް ހިފަހައްޓައިފި
އެމްބިއުލާންސަކަށް ޖާގަ ނުދިން ޕިކަޕް ޑްރައިވަރެއްގެ މައްސަލަ ބަލަނީ
މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް