ރައީސް ޑރ. މުހައްމަދު މުއިއްޒު، ރަށްރަށުގެ ކައުންސިލާއި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކުރެއްވި ދަތުރުފުޅަށް ފާޑުކިޔައި، ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާތިލުކުރަން އަންގައި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ން ނެރުނު ނޫސްބަޔާނާއި މެދު ރައްޔިތުން މަޖިލީހުގެ މެމްބަރުން ހިތްހަމަނުޖެހުން ފާޅުކޮށް، އެލްޖީއޭގެ މެމްބަރުން މަޖިލީހަށް ހާޒިރުކުރަން ނިންމައިފިއެވެ.
ކެނދިކުޅުދޫން ކައުންސިލުމް މިމަހުގެ ތިންވަނަ ދުވަހު ނެރުނު އެ ބަޔާނުގައި ބުނެފައިވަނީ، ރައީސް މުއިއްޒު، ގެންދަވަނީ ދައުލަތުގެ ވަސީލަތްތަށް ނަހަމަ ގޮތުގައި ބޭނުން ކުރައްވައި، ރަސްމީ ދަތުރުފުޅުގެ ތެރެއިން ކެމްޕޭން ކުރައްވަމުން ކަމަށެވެ. އެ ބަޔާން ނެރުނުތަނާ 15 މިނިޓުގެ ތެރޭގައި އެލްޖީއޭން ނެރުނު ނޫސްބަޔާނެއްގައި ވަނީ ކެނދިކުޅުދޫ ކައުންސިލްގެ އެ ނޫސްބަޔާން ބާތިލުކުރުމަށް އަންގައިފައެވެ.
އެލްޖީއޭން އެގޮތަށް އެންގި މައްސަލަ ކެނދިކުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު އީސަ ވަނީ، މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ހުށަހަޅައިފައެވެ. ލާމަރުކަޒީ ކޮމިޓީން މިއަދު އެ މައްސަލައިގައި ބޭއްވި ބައްދަލުވުމުގައި މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ވަނީ އެލްޖީއޭގެ މެމްބަރުން، ލާމަރުކަޒީ ކޮމިޓީއަށް ހާޒިރު ކުރުމަށް ހުށަހަޅައިފައެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ އީސައެވެ. އެ ހުށަހެޅުން އެ ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވީ ކައުންސިލްތަކަކީ ސަރުކާރުގެ ފަށަލައެއް ކަމަށް ނުވަތަ ސަރުކާރުގެ ބައެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެކަން ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމަކުންވެސް ސާފުވާކަމަށް ނިޔާޒު ވިދާޅުވިއެވެ. ކައުންސިލްތަކަކީ އަމިއްލައަށް ވިޔަފާރި ކޮށްގެން މާލީ ބާރުވެރިކަން ހޯދޭނެ ފަރާތަކަށް ކަމަށްވާއިރު، ކައުންސިލްތަކަކީ ސަރުކާރުގެ ބައެއްކަމަށް އެލްޖީއޭން ސިފަކުރުން ބަލައިނުގަނެވޭނެ ކަމަށް ނިޔާޒު ވިދާޅުވިއެވެ.

ގުޅުންހުރި
އަންނަ އަހަރު ކުރީކޮޅު ބޮޑުފޮޅުދޫގައި 50 ހައުސިން ޔުނިޓު އަޅައިދިނުމުގެ މަސައްކަތް
ދައުލަތުގެ އާމްދަނީން މީޑިއާތަކަށް 0.1 ޕަސެންޓް ދޭން އިއުލާންކޮށްފި
މީޑިއާތައް 100،000 ރުފިޔާއިން ޖޫރިމަނާކުރެވޭ ގޮތަށް ހުށަހެޅި ބަހުސް ހޫނުވެފައި ވަނިކޮށް
މިއަދާ ހަމަޔަށް އޮތީ ދިއުޅި ދިގު ނިޒާމެއް ކަމަށް، އެކަން ބަދަލުކުރީ
މީޑިއާގެ ބިލުގައި ދިފާއުގައި ހައްނާން ދީނީ ކާޑު ނަންގަވައިފި
ގާނޫނޫ އޮތް ގޮތުގެ ސަބަބުން އޭޑީއެޗްޑީ ހުންނަ ކުދިންނަށް ބޭނުންވާބޭހެއް އެތެރެ