ފަސް ކިލޯއަށްވުރެ ގިނަ މަސްތުވާތެކެތި ރާއްޖެއަށް އެތެރެކުރި ޕާކިސްތާނު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން އެ މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އަބްދުއް ލަތީފް ބަލޮޗް ނަމަކަށް ކިޔާ މީހެކެވެ. ފުލުހުން މިއަދު ވަނީ އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ.
ކުރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަސް ޖަހައިދީފައެވެ. އޭނާ ބަންދުގައި ބަހައްޓަން ކުރިމިނަލް ކޯޓުން އަމުރުކުރީ އަބްދުއް ލަތީފް ބަލޮޗް ރާއްޖެއައިއިރު އޭނާގެ އަތުގައ އޮތް ދަބަހުން ފަސް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފެނުނުކަން ސާބިތު ކުރަން ފުލުހުން ހުށަހެޅި ރިޕޯޓަށް ރިއާޔަތް ކޮށެވެ.
އަމުރުގައި އިތުރަށް ބަޔާންކޮށްފައިވަނީ އަބްދުއް ލަތީފް ބަލޮޗްއަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެތަކެތީގެ ވިޔަފާރީގައި އުޅޭ މީހެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި އޭނާއަކީ ޕާކިސްތާނަށް ނިސްބަތްވާ މީހަކަށްވުމުން، ބަންދުން ދޫކޮށްލައިފިނަމަ ފިލައިފާނެ ކަމުގެ އިހުތިމާލު އޮތް ފަރާތެއް ކަމަށެވެ.
އަބްދުއް ލަތީފް ބަލޮޗް ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތައް ނުރައްކާވެދާނެ ކަމަށް ވެސް އަމުރުގައި ބަޔާންކޮށްފައިވެއެވެ.

ގުޅުންހުރި
ގެއްލިގެން ހޯދަމުންދިޔަ ޒުވާނީ ހުރީ ރަށެއްގައި: ފުލުހުން
ފުރޮޅާލި ޕިކަޕް ބާރު ސްޕީޑުގައި ދުއްވާފައިވާތީ ފިޔަވަޅު އަޅައިފިން: ފުލުހުން
މަސްތުވާތަކެތި ވިއްކައިގެން ހޯދާފައިވާ 41500 ރުފިޔާއާއެކު 2 މީހުން ހައްޔަރުކޮށްފި
ގެއްލުނު ”ކޮލަމާ“ ބޯޓު ފެނިއްޖެ، ކެޕްޓަން އޮތީ އިންޖީނު ރޫމު ތެރޭ
ނަފުސާނީ ބަލި މީހަކު، އޭނާގެ ބައްޕައަށް ތޫނު އެއްޗަކުން ހަމަލާދީފި، އިތުރު
ބަނގުރަލުގެ ވިިޔަފާރި ކުރިކަމަށް ތުހުމަތު ކުރެވޭ 3 މީހުން ޑީޕޯޓް ކުރަނީ