ތުރުކީވިލާތުން ރާއްޖެ ގެނައި އަސްކަރީ ޑްރޯންތައް ޓެސްޓުކުރަން ފަށައިފިއެވެ.
ނ. މާފަރުގެ މަތިން އެ ޑްރޯންތައް އުދުހޭ މަންޒަރު ފެންނަ ވީޑިއޯތަކެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. ޑްރޯންތައް ޓެސްޓުކުރުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް އެމްއެންޑީއެފުގެ ޓީމެެއް ވަނީ މާފަރަށް ގޮސްފައެވެ.
އެ ޑްރޯންތަކަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ތުރުކީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެގައުމުގެ ކުންފުންޏަކާއެކު ހެދި އެއްބަސްވުމެއްގެ ދަށުން ރާއްޖެ ގެނެސްފައިވާ ޑްރޯންތަކެކެވެ. އެ ޑްރޯންތައް އޮޕަރޭޓް ކުރުމަށް ހަމަޖެހިފައިވަނީ މާފަރު އެއާޕޯޓުންނެވެ.
ޑްރޯން ގަތުމަށް ތުރުކީގެ ކުންފުންޏާއެކު ހެދި އެއްބަސްވުން ސަރުކާރުން އާންމުކޮށްފައިނުވެއެވެ. އަދި އެކަމާ ގުޅޭ އެހެން މައުލޫމާތެއްވެސް ސަރުކާރުން އާންމުކޮށްފައެއް ނުވެއެވެ.
ރައީސް މުއިއްޒު، މީގެ ކުރިން ވިދާޅުވެފައިވަނީ އެ މަނިކުފާނުގެ އަމާޒަކީ، ރާއްޖޭގެ އިގްތިސޯދީ ހާއްސަ ސަރަހައްދު، އެމްއެންޑީއެފް ލައްވައި ޕެޓްރޯލްކޮށް ބެލެހެއްޓޭނެ ވަރަށް ވަރުގަދަކުރުން ކަމަށެވެ. އެ މަނިކުފާނު ވިދާޅުވެފައިވަނީ އެކަމަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދަމަހައްޓަން ކޮންމެހެން ވެސް ކުރަންޖެހޭ މުހިންމު ކަމެއް ކަމަށެވެ.




ގުޅުންހުރި
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ރައީސް މިއަދުވެސް ”ދޮރުންދޮރަށް“ ހަރަކާތަށް
މަގާމަށް އިންތިހާބު ކުރިތާ 45 ދުވަސް ފަހުން ޖޭއެސްސީއަށް ފަނޑިޔާރު ޝަފީއު
ތެލަސީމިއާ ސެންޓަރުން ހުކުރު ދުވަސްތަކުގައި ވެސް ހިދުމަތްދޭން ފަށައިފި
އިންސާނީ ކަރާމާތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތުގައި ރާއްޖެ ދެމިއޮންނާނެ: ރައީސް