ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު މިއަންނަ އެޕްރީލް މަހުގެ 21 ވަނަ ދުވަހު ބާއްވާތީ އޯލެވެލް އިމްތިހާނު ބާއްވާ ދުވަހަށް ބަދަލުތަކެއް ގެނެސްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ އިލެކްޝަންސް ކޮމިޝަން (އީސީ)ން ވަނީ މަޖިލިސް އިންތިހާބު މިމަހުގެ 21 ވަނަ ދުވަހު ބާއްވަން ނިންމާފައި ކަމަށެވެ. މިއަހަރުގެ ދިރާސީ ކަލަންޑަރުގައިވާ ގޮތުން ގްރޭޑު 8،9 އަދި 10 ގެ ދަރިވަރުންގެ އޯލެވެލް އިމްތިހާނު ބާއްވަން ނިންމާފައިވަނީ އެޕްރީލް މަހުގެ 16 އިން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
އެ ތާރީހުގައި މަޖިލިސް އިންތިހާބު ބާއްވާތިއާއި މަޖިލިސް އިންތިހާބަށް ސްކޫލްތަކުގެ ހޯލު އަދި ކްލާސްރޫމު ބޭނުންވާނެތީ އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް އެންގީ އޯލެވެލް އިމްތިހާނު މި މަހުގެ 17 އާއި އޭޕްރީލް މަހުގެ 25 އާއި ދެމެދުގެ ރަސްމީ ދުވަސްތަކުގައި ބޭއްވުމަށެވެ.
އެޕްރީލް މަހުގެ 20 ވަނަ ދުވަހު އިމްތިހާނު ބާއްވަން ސްކޫލަކުން ބޭނުންވާނަމަ، އެކަން އީސީގެ ފޯކަލް ޕޮއިންޓަށް އަންގައި މަޝްވަރާކުރަން ވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.




ގުޅުންހުރި
މެއި/ޖޫންގައި އަމިއްލަގޮތުން އޭ ލެވެލް ހެދޭގޮތަށް ހަމަޖައްސައިފި
ސްކޫލުތަކުގައި ދެ ޖިންސު މައްސުނިނުކޮށް ކިޔަައިވައި ދިނުމަށް އިލްމުވެރިން އެދިއްޖެ
ގްރޭޑު 10 އިން ދަށުގެ ކުދިން ސްކޫލަށް ފޯނު ވެއްދުން މަނާ،
ގްރޭޑް 9 އިން މަތީގެ ފިރިހެން ދަރިވަރުންނަށް ތުނބުޅި ބެހެއްޓޭގޮތް ހަދައިފި
އަމިއްލަ ސްކޫލުތަކުން އޭލެވެލް ހެދޭނީ ފީ ދައްކައިގެން ކަމަށް ނިންމައިފި
ދިރާސީ އާ އަހަރު ފަށާނީ ހޯމަ ދުވަހު