ކަޅު ބާޒާރުގައި ޑޮލަރު ގަނެ ވިއްކަން އުޅުނެނިކޮށް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައި ހަތް ބިދޭސީން، ރާއްޖެއަށް އަނބުރާ ނާދެވޭ ގޮތަށް ޑީޕޯޓް ކުރަން ނިންމާފައިވާކަމަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދު ވިދާޅުވެއްޖެއެވެ.
އިމިގްރޭޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެ މީހުން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔައީ މ. ސްޓާކްލައުންޑްސް އިމާރާތުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ ޑޮލަރު އޭޓީއެމް ކައިރީގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން، ކަޅު ބާޒާރުގައި ޑޮލަރު ގަނެ ވިއްކުމުގައި ހަރަކާތްތެރިވާކަން ފާހަގަކުރެވި، އެ މީހުން ދެނެގަތުމަށް ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.
ޝައްމާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ”އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވުނު ބިދޭސީން ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓް ކުރުމަށް ވަނީ ހަމަޖެހިފަ“ ކަމަށެވެ.
ނޫސްބަޔާނުގައި އިމިގްރޭޝަނުން ބުނެފައިވަނީ އެ އިދާރާގެ ބެލުމުގެ ދަށަށް ގެނައި ހަތް ބިދޭސީންނަކީވެސް ފުޅާ ދާއިރާއެއްގައި ގަވާއިދާ ހިލާފަށް ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުން އަންނަ ބިދޭސީން ކަމަށެވެ.
އޭގެ ތެރޭގައި ސައްހަ ވީޒާއެއް ނެތި ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންނާއި ދޫކޮށްފައިވާ ހުއްދައިގެ ބޭރުން މަސައްކަތްކުރާ ބިދޭސީން ވެސް ހިމެނޭ ކަމަށް ބުނެފައިވެއެވެ.




ގުޅުންހުރި
މިމަހު އެކަނިވެސް 96 މަސާޖު ޕާލާ ބަންދުކޮށްފި
ދަންވަރު ބޭރުގައި އުޅުނު 23 ބިދޭސީއަކު ހުއްޓުވައި، އެކަކު ހައްޔަރުކޮށްފި
ޝަމްއާނަށް ގާޒީގެ އިންޒާރު: ހެޑްލައިން ހެދުމަށް ފުރުސަތެއް ނުދޭނަން!
4 މަސާޖު ޕާލާއެއް ރެއިޑުކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 4 ބިދޭސީއަކު
އިމިގްރޭޝަންގެ ވީޑިއޯ ފުޓޭޖު ހަވާލުކުރަން އެންގީ ޒިންމާ އަދާކުރަން: އިހުސާން
ބަނގުރަލުގެ ވިޔަފާރިކުރާ ނޭޕާލް ގުރޫޕަކާއި ބަނގުރާ ގެންގުޅުނު ބަންގްލަދޭޝް ގުރޫޕެއް ހައްޔަރުކޮށްފި