ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރުމުގެ މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ސިލްސިލާކޮށް ގެނެސްދޭ “ރައީސްގެ ޖަވާބު” ޕްރޮގްރާމުގައި އާންމުންގެ މީހަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މިއަދު ވިދާޅުވީ، ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އެ ކުންފުނިން މިހާރު ކުރަމުންދަނީ އެ މަސައްކަތުގެ ޑިޒައިން މަސައްކަތްތައް ކަމަށެވެ.
ރައީސް ވިދާޅުވީ ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ އެ ކުންފުންޏަށް އެޑްވާންސް ޕޭމަންޓު ދިނުމުގެ މަސައްކަތް ކަމަށެވެ.
”ދެން އެގްރީމެންޓް އޮންނަނީ މި މަސައްކަތް ފަށާތާ އެއް އަހަރު ތެރޭގާ ހުރިހާ ލިފްޓެއް ހަރުކޮށް ނިންމަން. މީ ވަރަށް ބައިވަރު ލިފްޓު. ކޮންމެ އިމާރާތެއްގެ ދެ ލިފްޓު. އެހެންނަމަވެސް އެއަށްވުރެ އަވަހަށް ނިންމަން ސަރުކާރު ވަރަށް ބަރަށް އަޅާނެ“
ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓެއް ހަރުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ މަނިކުފާނު ވިދާޅުވެފައިވަނީ ލިފްޓްތައް ހަރުކުރާއިރު އެ ލިފްޓުތަކުގެ ތެރޭގައި ސްޓެރެޗާ އެރުވުމަށް ހާއްސަ ލިފްޓެއް ހުންނާނެ ކަމަށެވެ.
ލިފްޓު ހަރުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ކުންފުންޏެއްކަމަށްވާ ޝެންޔަންގް ޔުއާން އިންޓަލެކްޗުއަލް ގްރޫޕާއެވެ.
ރައްޔިތުންގެ މަޖިލީހުން މިއަހަރުގެ ބަޖެޓް ފާސްކުރިއިރު ވަނީ ހިޔާގައި ލިފްޓު ހަރުކުރުމުގެ މަސައްކަތައް 200 މިލިޔަން ރުފިޔާ ވެސް ހިމަނައިފައެވެ.




ގުޅުންހުރި
އިބޫ، ރައީސް މުއިއްޒަށް: ކިތަންމެ ވަރަކަށް އެއާޕޯޓުތައް ހަދާނެ ކަމަށް ވިދާޅުވިޔަސް،
ވަކިކުރީ 30 އަހަރަށްވުރެ ގިނަ ދުވަހު ކަސްޓަމަށް ހިދުމަތްކުރި ވަހީދާއި ރިޔާޒު
ސްލްކޯއިން ތުލުސްދޫގައި ގާއިމުކުރި ފެނުގެ ނިޒާމު އިފްތިތާހުކޮށްފި
ކ. އަތޮޅާއި ޅ. އަތޮޅަށް ރައީސް ކުރެއްވި ދަތުރުފުޅަށްފަހު މާލެ ވަޑައިގެންފި
މީހުން އުޅޭ ހުރިހާ ރަށަކަށް ރައީސް ޒިޔާރަތް ކުރެއްވުމަކީ މުރާލިކަމުގެ ނަމޫނާއެއް:
ރައީސް މުއިއްޒު، މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ރެކޯޑް މުއްދަތެއްގެ ތެރޭގައި