މާލޭގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ހުޅުމާލޭގައި ހަދާ ފެސިލިޓީގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
ބުޅާ ފެސިލިޓީ ހަދަން އެޗްޑީސީން ވަނީ މާލެ ސިޓީ ކައުންސިލަށް ހުޅުމާލެ ދެވަނަ ފިޔަވަހިން 5،000 އަކަފޫޓުގެ ބިމެއް ދީފަ އެވެ.
އެ ފެސިލިޓީގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން މިއަދު ހެނދުނު އެތަން ހަދާ ބިމުގައި ވަނީ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. އެ ރަސްމިއްޔާތުގައި މާލޭގެ މޭޔަރު އާދަމް އާޒިމް އާއި އެނިމަލް ވެލްފެއާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މަރިޔަމް ވިޝާމާ އަހްމަދު ވެސް ބައިވެރިވެވަޑައިގަތެވެ.
އެތަނުގައި ހުރެ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އާޒިމް ވިދާޅުވީ މިއަދު ފެސިލިޓީ ހަދާ ބިން ވަކިކޮށް ފެންސު ޖެހުމުގެ މަސައްކަތް ފަށާނެ ކަމަށާއި އެ މަސައްކަތް ވިއްސަކަށް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.
އަދި އަންނަ ހަފުތާގައި އިމާރާތްކުރުމުގެ މަސައްކަތް ފަށައި، މަހެއް ނުވަތަ ދެ މަހެއްގެ ތެރޭގައި ފެސިލިޓީގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ވިދާޅުވި އެވެ.
ސިޓީ ކައުންސިލުން ބުނި ގޮތުގައި، މި ފެސިލިޓީގެ މަސައްކަތް އެއްކޮށް ނިމޭއިރު އެކި ވައްތަރުގެ ޕެޓް ކެއާ ޕެސިލިޓީއެއް ވެސް އެތަނުގައި ހަދާނެ އެވެ. އަދި މަގުމަތީގައި އުޅޭ ބުޅާތައް އެ ފެސިލިޓީއަށް ގެންގޮސް ނިއުޓާ ކުރާނެ ކަމަށް ބުންޏެވެ.




ގުޅުންހުރި
އަޅުގަނޑުގެ މޭޔަރުކަމަށްފަހު މާލެ ސިޓީ ކައުންސިލަށް މަސައްކަތެއް ކުރެވިފައެއް ނެތް: ރައީސް
ކައުންސިލާ މެދު ޝަކުވާ ހުރި ކަމަށް ވިދާޅުވެ، ރައީސް މާލޭ ރައްޔިތުން
މާލޭ މަގުތަކުން ވިިއްކާފައިވާ ޕާކިން ސްލޮޓްތައް އުވާލައި، އެ ތަންތަން އާންމުންނަށް
މާލޭ މަސްމާރުކޭޓުގެ އިމާރާތުގައި ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރިތައް ހުއްޓުވަނީ
ހުކުރު ދުވަސްތަކުގެ ހެނދުނު ބައެއް މަގުތަކުގައި އުޅަނދު ނުދުއްވޭ ގޮތް ހަދަނީ
އެހެން މަގާމަކަށް ވަޑައިގަތުމަށް މާލޭގެ ޑެޕިއުޓީ މޭޔަރު ނަރީޝް އިސްތިއުފާ ދެއްވައިފި