ހުޅުމާލޭގައި ކެމްޕޭން މެޓީރިއަލްސްތައް ހަރުކުރެވޭނެ ސަރަހައްދުތަކެއް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ކަނޑައަޅައިފިއެވެ.
އެޗްޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނަށް ބައެއް ފަރާތްތަކުން ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއްގައި ބެނާއާއި ކެންވަސް ހަރުކުރަމުންދާ ކަމަށެވެ. އެޗްޑީސީން ބުނީ އެގޮތަށް ކެމްޕޭން މެޓީރިއަލް ހަރުކުރާއިރު އެ ސަރަހައްދުގައި އާންމު ހިދުމަތް ފޯރުކޮށްދިނުމަށް ސާވިސް ޕްރޮވައިޑަރުން އަޅާފައިވާ ނެޓްވޯކުތަކަށް ގެއްލުމެއް ލިބިދާނެ ކަމަށެވެ.
”ވީމާ ކުރިއަށް އޮތްތަނުގައި މިފަދަ ކެންވަސް ތަކާއި ބެނާތައް ހަރުކުރާ ފަރާތްތައް މި ކަމަށް ސަމާލުވެއްލަވައި، ކެމްޕެއިން މެޓީރިއަލް ހަރުކުރުމުގެ ކުރިން މި ކޯޕަރޭޝަންގެ ހުއްދަ ހޯއްދަވައި، ކޯޕަރޭޝަންގެ ލަފައާއި އިރުޝާދާއެކު ކުރިއަށް ގެންދިއުމަށް ދަންނަވަމެވެ،“ އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން އަބަދުވެސް މަސައްކަތްކުރަނީ ހުރިހާ ފަރާތްތަކަށް ކެމްޕޭން މެޓީރިއަލް ހަރުކުރުމުގެ ފުރުސަތު ހަމަހަމަކޮށް ފޯރުކޮށް ދިނުމަށް ކަމަށެވެ.
އަދި ބުނީ ކެމްޕޭން މެޓީރިއަލް ހަރުކުރާއިރު ނެޓްވޯކުތަކަށް ގެއްލުންނުވާނެހެން މަސައްކަތް ކުރިއަށް ގެންދިޔުމަށް އެދޭ ކަމަށެވެ.




ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ޕިކަޕެއްގެ ދަށުގައި މަސައްކަތް ކުރަން އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓި
ދަރިފުޅު ބެލުމަށް މުވައްޒަފުންނަށް އިތުރު ވަގުތު ދޭން އިސްލާހެއް
ބޮޑެތި ބަލިތަކުގެ މީހުންނަށް ޕެންޝަން ފައިސާ އެއްފަހަރާ ނެގޭ ގޮތް ހަދަން
ރަނގަޅު ގޮތަކީ ކައުންސިލު އިންތިހާބާއެކު ހިޔާލު ހޯދުމުގެ ވޯޓު ނެގުން: އުޝާމް
ބައި ކިލޯގެ ޑުރަގާއެކު ހައްޔަރުކުރުމުން ބަންދަށް ޖެހީ 5 ދުވަސް!